ENGLISH

01 އޭޕްރީލު 2026

Advertisement

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

01 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ފީނުމުގައި ބަޔަކު ހަރަކާތްތެރިވަނީ. އދ. އަތޮޅުގައި މިއަދު ވަނީ ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވެފައި.

އދ. އަތޮޅުގައި ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި މިއަދު ފަތުރުވެރިއަކު މަރުވެއްޖެއެވެ. 

ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މަރުވީ ދޯންޏެއްގެ ބުރަފަތީގައި ޖެހުނު ޖަރުމަނުގެ ފަތުރުވެރިއެއް ކަމަށެވެ. އޭނާ މަރުވީ ފެންފުށީ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް މިއަދު 10 ޖަހާކަށްހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. 

ކަނޑުމަތީގެ މިފަދަ ހާދިސާތައް ރާއްޖޭގައި ދޭތެރެއަކުން ހިނގައެވެ. ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ އއ. އަދި އދ އަތޮޅު ސަރަޙައްދުގައި ފަހަކަށް އައިސް މިފަދަ ހާދިސާތައް ވަނީ ގިނަވެފައެވެ. 

އދ. އަތޮޅުގައި އޮންނަ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަކީ ޓޫރިސްޓުންގެ މެދުގައި އެންމެ "ހޮޓް ސްޕޮޓް" އެވެ. އަދި އެއީ ފެހުރިހި ބެލުމަށްޓަކައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ޓޫރިސްޓުންނެއް ޒިޔާރާތްކުރާ ސަރަހައްދެކެވެ. 

އެ ސަރަހައްދުގައި ފުރާނައަށް ގެއްލުންވާ ހާދިސާތައް ހިނގާތީ، ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހޭ ގޮތަށް އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު