ENGLISH

01 އޭޕްރީލު 2026

Advertisement

އަގުބޮޑު ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތެއް ބާއްވަނީ، ބައިވެރިވުމުގެ ފުރުސަތު މިރޭ 8 އާ ހަމައަށް

01 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ފައިސާގެ އިނާމު ލިބޭ ތުރީ އޮން ތުރީ ބާސްކެޓް ބޯޅަ މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ. 

"މާލެ މެޑްނެސް 3×3 ބާސްކެޓްބޯލް އެޑިޝަން 1" ގެ ނަމުގައި މުބާރާތް ކުރިއަށްގެންދަނީ މާލެ މެޑްނެސްގެ ފަރާތުންނެވެ. 

މުބާރާތް އޮންނާނީ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. ޖުމްލަ 9 ޓީމު އިވެންޓް ހިމެނޭ މުބާރާތް އޮންނާނީ މާލެ އުސްފަސްގަނޑުގައެވެ. 

މުބާރާތް އިންތިޒާމުކުރާ މާލެ މެޑްނެސްއިން ބުނީ ކޮންމެ ކެޓަގަރީއަކުން 8 ޓީމަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގެ ކޮންމެ ކެޓަގަރީއަކުން އެއް ވަނަ އަދި ދެ ވަނަ ހޮވާނެ އެވެ. އެގޮތުން ފިރިހެން އަދި އަންހެން ޑިވިޝަނުގެ ސީނިއާ ކެޓަގަރީން އެއް ވަނަ ހޯދާ ކޮންމެ ޓީމަކަށް 20،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ދެ ވަނަ ޓީމަކަށް 10،000 ރުފިޔާ ދޭނެއެވެ. 

އަންހެން އަދި ފިރިހެން ކެޓަގަރީގެ 23 އަހަރުން ދަށުގެ މުބާރާތް ވެސް އޮންނާނެ އެވެ. އެގޮތުން 23 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ އެއް ވަނަ ޓީމަކަށް 15،000 ރުފިޔާ ކަނޑައަޅާފައިވާއިރު ދެ ވަނަ ޓީމަކަށް ދޭނީ 5،000 ރުފިޔާ އެވެ. އަންހެން ކެޓަގަރީގެ 23 އަހަރުން ދަށުގައި އެއް ވަނަ އަށް 20،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް އަށް ލިބޭނީ 5،000 ރުފިޔާ އެވެ. 

މުބާރާތުގެ އޯޕަން މެން ކެޓަރީގައި ބައިވެރިވެވޭނެ އެންމެ ހަގު އުމުރަކީ 17 އަހަރެވެ. އަދި، އެކުއްޖަކު ވާންޖެހޭނީ 2026 ވަނަ އަހަރު 17 އަހަރު ފުރޭ ކުއްޖަކަށެވެ. އަދި، 23 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް ބައިވެރިވެވޭނެ އެންމެ ހަގު އުމުރަކީ 17 އަހަރެވެ. 

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 6 އާ ހަމައަށެވެ. މުބާރާތުގެ އިތުރު މަޢުލޫމާތު ހޯދުމަށް 9665755 އަށް ގުޅުމަށް މާލެ މެޑްނެސްއިން ވަނީ އެދިފައެވެ. 

ކިޔުންތެރިންގެ ހިޔާލު