ENGLISH
01 އޭޕްރީލު 2026
ބީއެމްއެލްގެ ހައުސިން މަޝްރޫޢު އިތުރަށް ފުޅާކޮށްފި، 3800 ހައުސިން ޔުނިޓް އަޅާނެ
01 އޭޕްރީލު 2026
|
މިރޭގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ވާހަކަ ދައްކަވަނީ --
އެންމެ މަޤްބޫލު
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީއެމްއެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ ހައުސިން މަޝްރޫޢު އިތުރަށް ފުޅާކޮށްފި އެވެ.
އެ ކުންފުނިން މިކަން ހާމަކުރީ ހުޅުމާލެ ފޭސް 1 ގައި ޢިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ގަ އެވެ.
އެމްއެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ ހައުސިން މަޝްރޫޢުގެ ދަށުން ކުރީން އޮތީ 3260 ހައުސިން ޔުނިޓް އިމާރާތް ކުރާ ގޮތަށެވެ. އެކި ކުންފުނިތަކާއި ހަވާލުކޮށްގެން އެ އަދަދަށް ހައުސިން ޔުނިޓް އެޅުމަށް މިހާރު ވަނީ ބިންގާ ވެސް އަޅާފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިރޭ ވަނީ، މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާކަން އިއުލާނު ކޮށްފަ އެވެ. އަދި މިކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމުލަ 3800 ހައުސިންގ ޔުނިޓް ތަރައްޤީ ކުރާނެ އެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.