ENGLISH

01 އޭޕްރީލު 2026

Advertisement

އުފާވެރި ޚަބަރެއް: ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ރާޖިޙީ ގުރޫޕުން ފައިސާ ހަމަޖެހިއްޖެ

31 މާރިޗު 2026

|

އަޙުމަދު ޙަމީދު

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ރާޖިޙީ ގުރޫޕުން ފައިސާ ހަމަޖެއްސުން --

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިސާ ހަމަޖެހިއްޖެ އެވެ.

އެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ހާމަ ކުރައްވާފަ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިސާ ހަމަޖެހި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

އެ މަޝްރޫޢުއަށް ފައިސާ ހަމަޖެހުނޯ ރާޖިޙީ ގުރޫޕުންނެވެ.

“މާތް ﷲ ގެ މަތިވެރި ތައުފީޤާއި ރަޙުމަތްފުޅާއެކު، މަދީނާގެ މާތް ބިމުގައި، ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި، ރާޖިޙީ ކޮންޕެނީއާއެކު މިއަދު ވަނީ ސޮއިކޮށްފައި،” ވަޒީރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ، ﷲ ގެ މަތިވެރި ރަޙުމަތްފުޅާއެކު ރާއްޖޭ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން މިސްކިތުގެ ޢަމަލީ މަސައްކަތްފެށުމަށް ކަމަަށެވެ. ވަޒީރު ވަނީ އެކަމުގައި މާތް ﷲ ތައުފީޤު ދެއްވުން އެދި ދުޢާ ކުރައްވާފަ އެވެ.

ރާޖިޙީ ގުރޫޕަކީ ސައުދިއަރަބިއްޔާގައި އެންމެ ފުޅާ ދާއިރާއެއްގައި ބެންކުގެ ޚިދުމަތްދޭ ކުންފުންޏެވެ. ޝައިޚް ސަލްމާން އަލް ރާޖިޙީ އުފެއްދެވި މި ކުންފުނިން "ބެންކުއް ރާޖިޙީ" ނަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު