ENGLISH

31 މާރިޗު 2026

Advertisement

ކޮންގްރެސްގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މާދަމާ ރޭ

31 މާރިޗު 2026

|

އަޙުމަދު ޙަމީދު

ޕީއެންސީ ހަރުގެ ޖަލްސާގެ ބައެއް ބައިވެރިން ހަރުގެއިން ބޭރުގައި، ފޮޓޯ: ޕީއެންސީ

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ކޮންގްރެސްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ފަލާޙް ވިދާޅުވީ މާދަމާ ރޭ ކޮންގްރެެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ.

އެ ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވަނީ އިލްތިމާސް ކޮށްފަ އެެވެ. ޖަލްސާ އޮންނާނީ ކޮންގްރެސް ޕާޓީގެ ރަސްމީ ހަރުގެ -- ހ. ވެޔޮވިލާގަ އެވެ. ޖަލްސާ ފެށޭނީ 8:45 ގަ އެވެ.

މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރިގަދަ ވެފައިވާއިރު ކޮންގްރެސް ޕާޓީން ހަރުގޭގައި މި ފަހުން ބާއްވާ ފުރަތަމަ ޖަލްސާ އެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ވަރަށް ފޯރިގަދަ ކެމްޕެއިނެއް ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު