ENGLISH

31 މާރިޗު 2026

Advertisement

އީސީއާމެދު ބުހުތާނު ދޮގެއް ފެތުރުމަށްފަހު، އެކަން ކުރެވުނީތީ ޙުސްނުއްސުޢޫދު މައާފަށް އެދެފި

31 މާރިޗު 2026

|

އަޙުމަދު ޙަމީދު

ހުސްނުއްސުއޫދު

އިލެކްޝަން ކޮމިޝަނާމެދު ބުހުތާނު ދޮގެއް ފެތުރުމަށްފަހު، އެކަން ކުރެވުނީތީ ޙުސްނުއްސުޢޫދު މައާފަށް އެދެފި އެވެ.

ސުޢޫދު ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި އިންތިޚާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލު ކުރަން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން އީސީން ހަމަޖައްސަން ގަސްތުކުރަނީ ވޯޓްލާން އަންނަ މީހާ ކުރެން ވޯޓްލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށް ފަހު ތިން އިންތިޚާބުގެ ތިން ވޯޓް ކަރުދާހުގެ ތެރެއިން އެ މީހަކު ވޯޓްލާން ބޭނުންވާ ކަމެއް އެމީހުން ގާތު ބުނާ ކަރުދާސްކޮޅު ދިނުމަށް ކަމަށެވެ.

އެއް ފަހަރާ ވޯޓް ނެގޭ ތިން ކަމުގެ ތިން ކަރުދާސްކޮޅު އެމީހާ އަތަށް ދޭން އިލެކްޝަންސް ކޮމިޝަނުން ބޭނުންނުވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ކުރި ޕޯސްޓެއްގައި ސުޢޫދު ވަނީ އޭނާ ހެދީ ބުހުތާނު ދޮގެއް ކަމަށް އަމިއްލައަށް އެއްބަސްވެފަ އެވެ. ސުއޫދު ވަނީ އޭނާ ފެތުރީ ދޮގެއްކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ސާފުކޮށްދީފައިވާ ކަމަށް ބުނެ ކުރީން ފެތުރި ދޮގަށް މައާފަށް ވެސް އެދިފަ އެވެ.

ވަރަށް ގިނަ ބަޔަކު ވަނީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓްގެ ފަނޑިޔާރުކަން ކޮށްފައިވާ މީހަކު މިފަދަ ތާކުންތާކު ނުޖެހޭ އަދި އެއްވެސް މިންވަރަކަށް "ފެންނުހިފޭ" ދޮގު ވާހަކަތަކެއް ފެތުރުމުން ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މި ރާއްޖޭގައި ވޯޓްލާތާ އެތައް އަހަރެއްވީއިރު ވޯޓްގެ ކަންކަން ހިނގާ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާ އެ ޙާލަތުގައި ސިޔާސީ ގޮތުން ވަކި މަޤްސަދެއް ހާސިލުކުރުމަށް މިފަދަ ބުހުތާނު ދޮގެއް ސުޢޫދު ފެތުރީތީ ފިޔަވަޅު އަޅަން ވެސް ބައެއް މީހުން ވަނީ ގޮވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު