ENGLISH
03 އޭޕްރީލު 2026
އއ.ރަސްދޫ ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ
31 މާރިޗު 2026
|
އެންމެ މަޤްބޫލު
އއ. ރަސްދޫ ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ގްރޮއިންގެ ޕްރޮފައިލިން މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 1736 މީޓަރުގެ ރިވެންޓަމްނޓް ޖެހުމާއި، 224 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި، ބަނދަރަށް އިތުރު ތަރައްޤީ ގެނައުމަށްޓަކައި، 64 މީޓަރުގެ ބޭރުތޮށިލުމާއި، 97 މީޓަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫއަކީ 80.44 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢު ނިމިގެންދާނީ ރަށުގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ ކަމެއްގެ ގޮތުގައެވެ. މީގެ ސަބަބުން އަރައިފޭބުމުގެ ދަތިކަން ފިލައިދިއުމުގެ އިތުރުން، ރަށް ގިރުމުގެ ގޮންޖެހުމުން ރައްޔިތުން ސަލާމަތްވެ، ތަރައްޤީގެ ކުރިއެރުން ލިބިގެންދާނެއެވެ.