ENGLISH
31 މާރިޗު 2026
ލާމަށް އުފާވެރިކަން: ލ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި
31 މާރިޗު 2026
|
ލ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުން --
އެންމެ މަޤްބޫލު
ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ކަނޑުގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ސަރުކާރުން ހިންގަމުން އަންނަ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނިޒާމުގެ ދަށުން ލ އަތޮޅުގައި މިއަދު ރަސްމީކޮށް ޚިދުމަތް ފަށައިފި އެވެ.
އެހެން އަތޮޅުތަކެކޭ އެއްގޮތަށް ލ އަތޮޅުގައި ވެސް ފުރަތަމަ ހަފުތާގައި ކުރިއަށް ގެންދާނީ ރައްޔިތުން އެ ހިދުމަތަށް އަހުލުވެރިކުރުމުގެ ފުރުސަތު ދިނުމަށް ހިލޭ ކުރިއަށްގެންދާ ދަތުރުތަކެވެ.
ލ އަތޮޅުގެ އިތުރުން މ އަތޮޅުގައި ވެސް އެ ޚިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.
ކުރީން ކަނޑައަޅާފައި އޮތް ތާރީޚަށް ވުރެ މާކުރީން މުޅި ރާއްޖެއަށް އާރުޓީއެލް ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ. އެމަނިކުފާނުގެ އަމާޒަކީ މި އަހަރުގެ ޖޫންގެ ކުރީން ހުރިހާ އަތޮޅުތަކެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށުމެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މިހާރު ކަނޑައަޅާފައިވާ ގޮތަށް ޖޫން މަހުގެ ކުރީން ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށޭނެ އެވެ. އެކަމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިހާރުވެސް 14 އަތޮޅެއްގައި އެ ޚިދުމަތް ވަނީ ފަށާފަ އެވެ. އެއާއެކު 133 ރަށެއް ވަނީ އާރުޓީއެލްގެ ޚިދުމަތުން ގުޅާލާފަ އެވެ. މި ޚިދުމަތް އެންމެ ފަހުން ފެށީ ފ އަތޮޅާއި ދ އަތޮޅުގަ އެވެ.