ENGLISH
31 މާރިޗު 2026
ކަނުހުރާގެ އިރު އުތުރުން 15 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފި
31 މާރިޗު 2026
|
ކަނުހުރާގެ އިރު އުތުރުން 15 މޭލު ބޭރުގައި ދޮށީ ކަނދުފަތި އެޅުން --
އެންމެ މަޤްބޫލު
ޅ.ކަނުހުރާގެ އިރު އުތުރުން 15 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފި އެވެ. މި ދޮށީ ކަނދުފަތި އަޅާފައި ވަނީ މި މަހުގެ 28 ވަނަ ދުވަ ހުއެވެ.
މި ކަނދުފަތީގެ ނަންބަރަކީ E10D02 އެވެ.
މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:
* 05°39.800’N
* 43.100 73°’E
ކަނދުފަތި ޤާއިމްކުރުމާއި ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.
މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މަސްވެރިކަމުގެ ސިނާޢަތުގައި މިހާތަނަށް އެންމެ ގިނަ ކަނދުފަތި ޤާއިމްކުރި އަހަރީ 2025 ވަނަ އަހަރު އެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުގައި ކަނދުފައްޗަކީ މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށާއި، އެ ވިއުގަ ފުޅާކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ. އެގޮތުން ކަނދުފަތި ކެނޑޭ މިންވަރު މަދުކޮށް، ކަނދުފަތީގެ އުމުރު ދިގު ކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދިރާސާކޮށް ހޯދައި، ކަނދުފަތީގެ ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން، ވަދު ކަދުފައްޗާއި ދޮށި ކަނދުފަތި އެޅުމުގެ މަޝްރޫއު ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް 2025 ވަނަ އަހަރު 41 ކަނދުފަތި އަޅާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރިޔާސީ ބާޔާނުގައި މަސްވެރިކަމުގެ ސިނާއަތު ސިންދަފާތު ކުރުމަށް ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކެއް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ގދ. ތިނަދޫ ސިޓީ، ޅ. ފެލިވަރު، މ. މުލައް،ގއ. ކޫއްޑޫ، އައްޑޫ ހުޅުދޫ، ހއ.އިހަވަންދޫ، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް، ކުރިޔަށް އޮތް 15 މަސް ދުވަސް ތެރޭގައި ނިންމާ ޙަވާލު ކުރާނެ ކަން ރައީސް އިއުލާން ކުރެއްވި އެވެ.