ENGLISH
31 މާރިޗު 2026
ގާނޫނީ ޒިންމާ އަދާކުރަން ހުރަސްއެޅޭ ގޮތަށް ދޮގު ވާހަކަ ނުފަތުރަން އިލްތިމާސްކޮށްފި
31 މާރިޗު 2026
|
ކޮމިޝަނުގެ އިސް ވެރިން
އެންމެ މަޤްބޫލު
އިލެކްޝަން ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.
ކޮމިޝަނުން މިފަދައިން އިލްތިމާސްކުރި އިރު ސަރުކާރުން ބޭނުންވާ ގޮތަށް ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓުގެ ނަތީޖާ ނެރުމަށްޓަކައި ރާއްޖޭގެ ގިނަ ރައްޔިތުން މި ވޯޓުން މަހުރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ ވާދަވެރި އެމްޑީޕީގެ އިސް ބޭފުޅުން އަންނަނީ ވާހަކަ ދައްކަމުން ނެވެ. މީގެ އިތުރަށް ކުރިއަށް އޮތް އިންތިހާބުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރުމަށް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް ބުނެ ތުހުމަތުތަކެއް ވެސް ވަނީ ކޮމިޝަނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަމާޒުކޮށްފަ އެވެ.
މި ތުހުމަތުތައް ދޮގުކުރައްވައި ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްރަހުމާން ޞަލާޙު ރަޝީދު "އެމްއެމްޓީވީ" އަށް ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިނިވަންކަމާއި މުސަތަގިއްލުކަމާއެކުގައިކަމަށެވެ. ވުމާއެކު ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭގޮތަށް އެއްވެސް ބަޔަކު ދޮގު މައުލޫމާތު ނުފެތުރުމަށް ނާއިބު ރައީސް އިލްތިމާސް ކުރެއްވި އެވެ.
"ކޮންމެ ރައްޔިތަކުވެސް ބޭނުންފުޅުވާ ކެނޑިޑޭޓުންނާ، އިޙްތިޔާރު ކުރައްވަން ބޭނުންފުޅު ގޮތެއް ކަނޑަ އެޅުމަށްޓަކައި މިނިވަން ކަމާއެކު، ބިރުދެއްކުމެއް ނުފޫޒެއްނެތި ކަރުދާހުގައި ފާހަގަޖަހައި ފޮއްޓައް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައިދީ އަދި އެބޭފުޅަކު ވޯޓުލީ ތަނެއްގައި އޮޅުވާލުމެއްނެތި އެ ނަތީޖާއެއް ނެރެދޭނެ ކަމުގެ ޔަޤީންކަން އަރުވަން". ނާއިބު ރައީސް ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން ކެމްޕެއިން ކުރަމުން އަންނައިރު މިފަދަ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް ވޯޓާ ގުޅޭ ތެދު މައުލޫމާތު ގެނެސްދިމަށާއި ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް މުއައްސަސާތަކުން އަންނަނީ އިލްތިމާސް ކުރަމުން ނެވެ.