ENGLISH
31 މާރިޗު 2026
ތިމަރަފުށީ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދޭ: އާރްޑީސީ
31 މާރިޗު 2026
|
ތ.ތިމަރަފުށީ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް
އެންމެ މަޤްބޫލު
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތ. ތިމަރަފުށީގައި ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.
އާރްޑީސީން މިއަދު މީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ މިހާރު ފުޓްސަލް ދަނޑުގައި ކުރިއަށް ދަނީ ޓާފް އެޅުމާއި، ފާރާއި ފެންސުގައި ކުލަލުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި މަހު އެވެ. އެގޮތުން މި މަޝްރޫއަކީ 1،765،248.12 ރުފިޔާއަށް 120 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ތިމަރަފުށީގެ ޒުވާނުން ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއްގެ އިންތިޒާރުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސަރުކާރުން އެފަދަ ދަނޑެއް ތަރައްޤީކުރަން ނިންމުމަކީ އެރަށުގެ ކުޅިވަރަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ގިނަ މުބާރާތްތަކެއް ބޭއްވުމުގެ ފުރުޞަތު ހުޅުވި، ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.