ENGLISH
31 މާރިޗު 2026
ތެރަޕީގެ ދާއިރާތަކުން ކިޔެވުމަށް 250 ސްކޮލަރޝިޕް ހުޅުވާލައިފި
31 މާރިޗު 2026
|
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ
އެންމެ މަޤްބޫލު
ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާއަށް މީހުން ތަމްރީންކުރުމަށް، ސަރުކާރުން ދޭ 250 ސްކޮލަރޝިޕް ފުރުޞަތަށް ހުޅުވާލައިފި އެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރިތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ގެޒެޓްގައި އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ފުރުސަތުތައް ހުޅުވާލެވިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމަށް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ގޮތުގައި ހިމެނެނީ ޗައިނާ، ފިލިޕީންސް، ތައިލޭންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، ވިއެޓްނާމް، ސައުދީ އަރަބިއާ، ޤަތަރު، ޖޯޑަރން، ތުރުކިޔާ، ރަޝިޔާ، ޗެކް ރިޕަބްލިކް، ބެރަލުސް، ސައުތު އެފްރިކާ، އިޖިޕްޓް އަދި ފިޖީ އެވެ.
ސްކޮލަރޝިޕް ފުރުޞަތުގައި ހިމެނެނީ ރާއްޖޭގައި ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް ދޭ 120 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ދޭ 20 ފުރުޞަތެވެ. އަދި ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް ދޭ 30 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ދޭ 80 ފުރުޞަތެވެ.
އެންމެ ގިނަ ފުރުސަތު ހުޅުވާލާފައިވަނީ ތެރަޕީގެ ދާއިރާއިންނެވެ. އެ ދާއިރާއިން 90 ފުރުޞަތަށް ވަނީ ހުޅުވާލާފަ އެވެ.
ރާއްޖެއިން ދޭ ސްކޮލަރޝިޕް ފުރުޞަތު: ބެޗެލަރސް ޑިގްރީ
ރާއްޖެއިން ދޭ ސްކޮލަރޝިޕް ފުރުޞަތު: މާސްޓަރސް ޑިގްރީ
ރާއްޖެއިން ބޭރުން ދޭ ފުރުޞަތު: ބެޗެލަރސް ޑިގްރީ
ރާއްޖެއިން ދޭ ސްކޮލަރޝިޕް ފުރުޞަތު: މާސްޓަރސް ޑިގްރީ
މި ފުރުޞަތުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ
އޭޕްރިލް މަހުގެ 20ވަނަ ދުވަހުގެ 13:30 އެވެ. މި ސްކޮލަރޝިޕް ފުރުޞަތުގެ ޝަތުރުތަކާއި އުސޫލުތައް އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ނަފްސާނީ ބަލިތަކުގެ ޚާއްސަ ފަރުވާ، 70،000އަށްވުރެ ގިނަ މީހުން، ވޭތުވެދިޔަ 3 އަހަރު ހިދުމަތް ހޯދަފައިވެ އެވެ.
ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ތެރަޕީގެ ޚިދުމަތްތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޢަމާޒެކެވެ. މިވަގުތު ރާއްޖޭގައި ގިނަ ފަރުވާތަށް ދެމުން އަންނަނީ ރާއްޖެއިން ބޭރުގެ ތެރަޕިސްޓުން މެދުވެރިކޮށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ މި ދާއިރާއިން ގިނަ ދިވެހިން ތަމްރީންކޮށް، ޚިދުމަތް ދިނުމުގައި ބަލިމީހާއާ ގާތުން ޚިދުމަތްތައް ދެވޭނެ މަގު ފަހިކުރުމެވެ.