ENGLISH

31 މާރިޗު 2026

Advertisement

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެމީހަކު ހައްޔަރުކޮށްފި

31 މާރިޗު 2026

|

ފާތުމަތު އަދާ

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ރަށަކުން 2 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ، ހައްޔަރުކޮށްފައިވަނީ ވަނީ ށ. މާއުނގޫދޫ / ނިރޮޅު، އަޙްމަދު ނަޢީމް (48އ) އާއި ބ. މާޅޮސް / ބަހާރުގެ، ޢިނާޝް ވަޙީދު (37އ) ކަމަށެވެ.

މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ މާރިޗު 30 ވަނަ ދުވަހު ދެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި އަޙްމަދު ނަޢީމް

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަޙްމަދު ނަޢީމް ހައްޔަރުކޮށްފައިވަނީ މާއުނގޫދޫ ބަނދަރު ސަރަހައްދުން އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާތީއެވެ. އަދި ޢިނާޝް ވަޙީދު ހައްޔަރުކޮށްފައިވަނީ މާޅޮހު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިގެންނެވެ.

މި މައްސަލާގައި ށ. މާއުނގޫދޫ / ނިރޮޅު، އަޙްމަދު ނަޢީމް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި ބ. މާޅޮސް / ބަހާރުގެ، ޢިނާޝް ވަޙީދު (37އ) ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު