ENGLISH

12 ޖޫން 2026

Advertisement

ރައްޔިތުންގެ ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވާނެ ޤާނޫނީ އަސާސެއް ނެތް، ވޯޓު ނުހުއްޓުވޭނެ: ސުޕްރީމް ކޯޓް

31 މާރިޗު 2026

|

އައިމިނަތު ޝަފާ

ސްޕްރީމް ކޯޓު

އަންނަ ހޮނިހިރު ދުވަހު ނެގުމަށް ނިންމާފައިވާ ރައްޔިތުންގެ ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވާނެ ޤާނޫނީ އަސާސެއް ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. 

ސްޕްރީމް ކޯޓުން މިފަދައިން ހުކުމް ކުރީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ގާތުން އަހާ ސުވާލަކީ ގާނޫނާއި ހިލާފު ސުވާލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި މިއަދު އިއްވި ހުކުމުގަ އެވެ. 

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ނެވެ. އެއީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

އެމްޑީޕީގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު އީސާ ހުށަހެޅި މި ަމއްސަލައިގައިވަނީ ޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސުލްޖުމްހުރިއްޔާ ރައްޔިތުންގެ ގާތުން އަހާ ސުވާލަކީ ގާނޫނާއި ހިލާފު ސުވާލެއް ކަމަށް ކަނޑައަޅައިދިނުމަ ށެވެ. އަދި އެ ސުވާލު މިހާރު އޮތް ގޮތަށް އެހުމުން އަންނާނެ ބަދަލު ރައްޔިތުންނަށް ވަންހަނާ ވާ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ބާތިލު ސުވާލެއްކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އެފަދަ ވޯޓަކަށް ހުށަހަޅާ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފަައި ނުވާކަމަށެވެ. 

ދައުލަތުން  ބުނީ ރިފަރެންޑަމް ގާނޫނުގައިވެސް ސުވާލުގެ އިބާރާތް އޮންނަންވީ ގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރީ ބާރަށް ދޫކޮށްލާފަައިވާ ކަމެއް ކަމަަށްވީހިނދު  ގާނޫނުއަސާސީގައި އަދި ގާނޫނީ ނައްސެއްގައިވެސް އެފަދަ ސުވާލެއް އިބާރާތްކުރަންވީ ގޮތެއް ބަޔާންކޮށްފައި ނެތްކަމަށެވެ. ސުވާލު ގޯސްވަނީ ކިހިނެއްކަން ދައުވާކުރި ފަރާތަށް ބަޔާންކޮށްނުދެވޭ ކަން ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. 

އުއްތަމަފަނޑިޔާރު އިއްވެވި ރައްުޔާގައި އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގައި އާއްމު ހިޔާލު ހޯދަންޖެހޭ އިސްލާހުތަކާ ގުޅިގެން ސުއާލު އޮންނަންވީ ގޮތް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގައި ހިމެނޭ ހުރިހާ ކަމަކާމެދު ރައްޔިތުންނާ ސުވާލުކުރުން މަނާކުރާނެ އެއްވެސް ކަމެއް ގާނޫނުއަސާސީގައި އަދި އާއްމު ހިިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގާނޫނުގައިވެސް ބަޔާންކޮށްފައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެހެންކަމުން ގާނޫނުއަސާސީގައި ކުރިމަތިނުކުރާ ދުސްތޫރީ ހުރަހެއް ކުރިމަތިކޮށް ގާނޫނުއަސާާސީ އިސްލާހުކުރާ ބިލެއްގައި ހިމެނޭ ކަންކަމުގެ ތެރެއިން ވަކިކަމަކާމެދު ސުވާލުނުކުރެވޭނެކަމަށް ކަނޑައެޅިދާނެ ކަމުގައި ދެކެވަޑައިނުގަންނަވާކަން ހާމަކުރައްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލާމެދު ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިކުރާ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމުގައި ކަނޑައަޅާނެ ގާނޫނީ ސަބަބެއްވެސް ނެތް ކަމަށެވެ. 

އަަދި ގާނޫނުއަސާސީގެ ނައްސާ ހަވާލާދެއްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަަ މާއްދާގެ (ށ)ގައި ބަޔާންކުރާ މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އިސްލާހު ގެންނަ ބިލެއް ތަސްދީގުކުރަންވާނީ މުޅި އެ ބިލާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަަގައި އެ ބިލެއް ތަސްދީގުކުރުމަށް ރައްޔިތުން ރުހޭކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. އަދި އެ ސަބަބަށްޓަކައި މުޅި ބިލު ތަސްދީކުރުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ސުވާލުކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމުގައި ބެލެވޭނެ ގާނޫނީ ސަބަބެއް އޮތް ކަމުގައި ފެނިވަޑައިނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"ގާނޫނުއަސާސީގެ އަށްވަނަ ބިލުގައި ހިމެނޭ އިސްލާހުތައް ތަސްދީގުކުރުމާމެދު އާއްމު ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގާނޫނުގައިވާ ހަމަތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފު ސުވާލެއް ކަމުގައި ކަނޑައަޅާނެ ގާނޫނީ ސަބަބެއް ނެތް ކަމުގައި ކަނޑައަޅައި، ހަތަރެއް އޭޕްރީލު 2026 ގައި ބާއްވަން ނިންމާފައިވާ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމުގައި ކަނޑައަޅަން،" އުއްތަމަފަނޑިޔާރު ރައުޔަ ނިންމަވަމުން ވިދާޅުވިއެވެ. 

މި މައްސަލާގައި އުއްތަމަފަނޑިޔާރުގެ ރައުޔައަށް ފަނޑިޔާރުންގެ މަޖިލީހުގެ ހިމެނިވަޑައިގެންނެވި އެހެން ހުރިހާ ފަނޑިޔާރުންވަނީ ތާއީދުކުރައްވާފައެވެ. 

ދެ އިންތިހާބުގެ ރެފަރެންޑަމްގައި އަހާ ސުވާލު ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. އާ ހިލާފުވާނެ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ކަނޑައަޅައި ފެންނަ ނުފެންނަ ވޯޓު ބާއްވަން ނުޖެހޭ ކަމަށް ކަނޑައަޅައި ދެވޭނެ ހަމައެއް ނެތް ކަމަށް ހުކުމުގައި ވެއެވެ. 

އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން ވެސް ތާއިދުކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު