ENGLISH

31 މާރިޗު 2026

Advertisement

ފުވައްމުލަކު ޑްރަގުގެ ބޮޑުންކަމަށް ތުހުމަތުކުރާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

31 މާރިޗު 2026

|

އައިމިނަތު ޝަފާ

ފުވައްމުލަކު ސިޓީ ދޫޑިގަން، ޒަމާނީގެ ހަސަން އާޒިމް އާއި އެ ސިޓީ ކަރަންކާވިލާ، އަޙްމަދު ނިއުޝާދު

ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑްރަގުގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ދެ މީހުން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުވައްމުލަކު ސިޓީ ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް އާއި އެ ސިޓީ ކަރަންކާވިލާ، އަޙްމަދު ނިއުޝާދު ފުލުހުން ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވިގެން ނެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ މާޗު މަހު، އެ މީހުންގެ މައްޗަށް ވަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ނަމަވެސް، ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ.

ދިވެހި ފުލުހުން ހިދުމަތުން ރޭ ބުނި ގޮތުގައި އެ ދެމީހުން އަލުން ހައްޔަރުކުރީ އެ މީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ އެވެ.

އެ ދެ މީހުންްގެ ފޮޓޯއާއި ވަނަވަރު ވެސް އާންމުކޮށް ފުލުހުން ބުނީ އެ ދެ މީހުން ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމާއި، މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާލިބޭ އާޒިމާއި، ނިއުޝާދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްފައިވަނިކޮށް، ކޯޓުން ކަނޑައެޅި ޝަރުތުތަކާ ޚިލާފުވެފައިވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 (ނ) އަށް ރިޢާޔަތްކޮށް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން އަލުން ބަންދުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު