ENGLISH

31 މާރިޗު 2026

Advertisement

ދެ އިންތިހާބުގެ ރެފަރެންޑަމްގެ މައްސަލައިގެ ހުކުމް އިއްވުން މިއަދު!

31 މާރިޗު 2026

|

އައިމިނަތު ޝަފާ

ސުޕްރީމް ކޯޓް. މިއަދު ދެ އިންތިހާބުގެ ރެފަރެންޑަމްގެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނެ. ފޮޓޯ؛ސަންގު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ގާތުން އަހާ ސުވާލަކީ ގާނޫނާއި ހިލާފު ސުވާލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކޮށްފި އެވެ.

އެމްޑީޕީގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު އީސާ ހުށަހެޅި މި މައްސަލައިގައި ހުކުމް ކުރުމަށް ތާވަލުކުރެވިފައިވަނީ މިއަދު މެންދުރު 1:00 އަށެވެ. 

މި މައްސަލައިގައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް  ރައީސުލްޖުމްހުރިއްޔާ ރައްޔިތުންގެ ގާތުން އަހާ ސުވާލަކީ ގާނޫނާއި ހިލާފު ސުވާލެއް ކަމަށް ކަނޑައަޅައިދިނުމަ ށެވެ. އަދި އެ ސުވާލު މިހާރު އޮތް ގޮތަށް އެހުމުން އަންނާނެ ބަދަލު ރައްޔިތުންނަށް ވަންހަނާ ވާ ކަމަށް ބުނެފައި ވެއެވެ. 

މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ބާތިލު ސުވާލެއްކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އެފަދަ ވޯޓަކަށް ހުށަހަޅާ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފަައި ނުވާކަމަށެވެ. 

ދައުލަތުން  ބުނީ ރިފަރެންޑަމް ގާނޫނުގައިވެސް ސުވާލުގެ އިބާރާތް އޮންނަންވީ ގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރީ ބާރަށް ދޫކޮށްލާފަައިވާ ކަމެއް ކަމަަށްވީހިނދު  ގާނޫނުއަސާސީގައި އަދި ގާނޫނީ ނައްސެއްގައިވެސް އެފަދަ ސުވާލެއް އިބާރާތްކުރަންވީ ގޮތެއް ބަޔާންކޮށްފައި ނެތްކަމަށެވެ. ސުވާލު ގޯސްވަނީ ކިހިނެއްކަން ދައުވާކުރި ފަރާތަށް ބަޔާންކޮށްނުދެވޭ ކަން ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. 

މި މައްސަަލަ ބަލާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ އުއްތަމަ ފަނޑިޔާރު، އަބްދުލްޣަނީ މުހައްމަދެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން މި މައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ކިޔުންތެރިންގެ ހިޔާލު