ENGLISH
31 މާރިޗު 2026
ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް
31 މާރިޗު 2026
|
ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ފާދިއްޕޮޅު ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ވެލިގަނޑު އެއްވަރުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ.
ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ: އެމްޓީސީސީ
ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރާއި
ނުވަ މަސް ދުވަހުން ނިންމާގޮތަށް 679 މިލިއަން ރުފިޔާއަށެވެ.
ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ: އެމްޓީސީސީ
ގާތްގަނޑަކަށް 6،000 މީހުން ދިރިއުޅޭ ނައިފަރު މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މި މަޝްރޫޢު ނިމުމުން، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެއެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.