ENGLISH
31 މާރިޗު 2026
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު
31 މާރިޗު 2026
|
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފާހަގަކުރުން. ފޮޓޯ؛އެމްއޭސީއެލް
އެންމެ މަޤްބޫލު
ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކޮށްފި އެވެ.
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ގައެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި ސައުދިއާގެ ފްލައިޓް, SV838ގެފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އެ އެއާލައިނުން މިއަދު ފުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ.
ސައުދިއާ އިން ރާއްޖެއަށް ފާއިތުވި އަހަރު 10ގައި ދަތުރު ކޮއްފައި ވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަނީ ހަރުދަނާވެގެން ގޮސްފަ އެވެ.
މި އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 3546 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.