ENGLISH

31 މާރިޗު 2026

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވޭ ގޮތް ހަދައިފި

31 މާރިޗު 2026

|

އަޙުމަދު ޙަމީދު

މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތު -- ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދެއްވާގޮތަށް، އުޞޫލަށް ބަދަލު ގެންނަވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވައިފި އެވެ.

މިރޭ އާންމުކުރި އައު އުސޫލުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ދާއިރާއެއްގައި ކިޔެވުމުގެ ފުރުސަތު ދެވޭނެކަމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭނީ ރާއްޖޭގައި ހުރެގެން ކިޔެވުމަށާއި ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރުން ކިޔަވަން ތިބުމަށް ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޤައުމުތަކުގަ އެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކަމަށް އުސޫލުގައިވެ އެވެ.

މީގެ އިތުރުން ދެ މަރުކަޒެއް ގުޅިގެން އެއް ޤައުމަށްވުރެ ގިނަ ޤައުމުތަކުގައި ކިޔަވާ ގޮތަށް ހަމަޖެހިފައިވާ "ޓްވިނިންގ" ޕްރަގްރާމްތަކުގައި ކިޔެވުމަށް ދަރިވަރުންނަށް ފުރުސަތު ދެވިގެންދާނެ ކަމަށް ވެސް އުސޫލުގައި ވެ އެވެ.

އުސޫލުގައިވާ ގޮތުން އިންޓަރންޝިޕް, ދަރިވަރުގެ ޕްރަގްރާމް ފުރިހަމަ ކުރާ ޤައުމުގައި ކުރިއަށް ގެންދެވެން ނެތް ޙާލަތެއްގައި ނުވަތަ އެ ޤައުމަށް ވުރެ ޚަރަދުކުޑަކޮށް އެހެން ޤައުމެއްގައި އިންޓަރންޝިޕް ހެދެން އޮތް ނަމަ މިނިސްޓްރީގެ ހުއްދަޔާއެކު ރާއްޖޭގައި ނުވަތަ ދެވަނަ އެހެން ޤައުމެއްގައި އިންޓަރޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު