ENGLISH

31 މާރިޗު 2026

Advertisement

އދ.މާމިގިލި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

30 މާރިޗު 2026

|

ފާތުމަތު އަދާ

އދ.މާމިގިލި މަގުތައް ތަރައްޤީކުރުމުގެ މަސައްްކަތް

އދ.މާމިގިލި މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.

އާރްޑީސީ އިން ބުނިގޮތުގައި މިހާރު ކުރިއަށް ދަނީ ބީޗް މަގުގައި ޕޭވިންގެ މަސައްކަތާއި ބޮންޖެހި މަގުގެ ސްޕީޑް ބްރޭކަރުތަކުގައި ކުލަލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މާމިގިލީގައި އިތުރު މަގުތަކުގައި ތާރު އެޅުމާއި ދުއްވާ ސަރަހައްދާއި ދުވާރުތައް ފަރުމާކޮށް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. މީގެ އިތުރުން، މަގުތަކުގައި ކާނުތަކާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުމަތީގެ ސަލާމަތްތެރިކަމަށްޓަކައި ބަންޕަރުތަކާއި ނިޝާން ބޯޑުތައް ހަރުކުރާނެ އެވެ.

މި މަޝްރޫއަކީ 95.04 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މާމިގިލީގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. މި މަޝްރޫޢުގެ ސަބަބުން ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތައް ނެތިގެންދާނެއެވެ. ތާރު އަޅައިގެން މަގުތައް ހެދުމުން މަގުމަތީގެ ހިރަފުސް މަދުވެ، ސިއްޙީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރަށަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު