ENGLISH
01 އޭޕްރީލު 2026
ނާލާފުށި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި
29 މާރިޗު 2026
|
ނާލާފުށި އައުޓްޑޯ ޖިމްގެ މަސައްކަތުގެ އަދާހަމަ. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މ. ނާލާފުށީގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައި އިކުއިޕްމެންޓްސް އާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
ނާލާފުށީގެ ޖިމްގެ މަސައްކަތް ނިންމާލައިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
ރަށްރަށުގައި އައުޓްޑޯ ޖިމް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ދެއަހަރުތެރޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިހާތަނަށް ގިނަ ރަށެއްގެ މަސައްކަތް ވެސް ނިންމާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އެމްޓީސީސީ އާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ މަޝްރޫތަކެއް ކުރިއަށް ގެންދަމުންނެވެ.
އެގޮތުން، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަޝްރޫގެ ބޮޑު ބައެއް ނިންމާލުމެވެ.