ENGLISH
30 މާރިޗު 2026
ދެ އިންތިހާބާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް އެދެމުންދާތީ ދިޔާނާއާއި އާޒިމާ އައްޑު އަށް
29 މާރިޗު 2026
|
ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝުކޫރާއި، އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު.
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ވޯޓާ ގުޅޭގޮތުން ޤާނޫނީ ގޮތުން ކަން އޮތް ގޮތުގެ ސައްޙަ މަޢުލޫމާތު ހޯދުމަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާތީ، އެ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލުންނާއެކު ޚާއްސަ ކެމްޕެއިން ހަރަކާތްތަކެއް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި ކެމްޕެއިން ހަރަކާތަކީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އައްޑޫގެ މޭޔަރުކަމުގެ މަގާމަށް މިފަހަރު ކުރިމަތިލައްވާ މުޝްރިފް އަލީގެ ކެމްޕެއިން ޓީމުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ވަޑައިގަންނަވާނީ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝުކޫރާއި، އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބާއްވާ މި ހަރަކާތްތައް ތާވަލުކުރެވިފައިވަނީ މާދަމާ އަށެވެ.
މިގޮތުން، އައްޑޫ ސިޓީ މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ފޭދޫ ކަސްޓަމްސް އޮޑިޓޯރިއަމްގަ އެވެ. ހިތަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރުފަހު 14:00 ގައި، ހިތަދޫ ގައެވެ. އަދި، ހުޅުމީދޫގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ މާދަމާރޭ ހުޅުމީދޫގަ އެވެ.
މުޝްރިފްގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭ ގޮތުގައި މި ކެމްޕެއިން ހަރަކާތުގެ މައިގަނޑު ބޭނުމަކީ ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ އިޖުރާއަތްތަކާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ޤާނޫނީ މާހިރުންގެ އެހީތެރިކަމާއެކު ޖަވާބު ހޯދައިދިނުމެވެ.
އައްޑޫ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެން، ޤާނޫނީ ވަކީލުންގެ ފަރާތުން ސައްޙަ މަޢުލޫމާތު އޮޅުންފިލުއްވުމަށް ކޮންގްރެސް ޕާޓީން ވެސް އަންނަނީ އިލްތިމާސްކުރަމުން ނެވެ.