ENGLISH

29 މާރިޗު 2026

Advertisement

ވައިގެ މަގުން އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފި، އަގު 3.9 މިލިއަން ރުފިޔާއަށް އަރާ

29 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

ވައިގެ މަގުން ރާއްޖެއެތެރެކުރި މަސްތުވާތަކެތި. ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ތަކެތި އަތުލައިގަނެފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެތަކެތި އަތުލައިގަތީ މިމަހުގެ 4 ވަނަ ދުވަހު ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. 

ކަސްޓަމްސްއިން އަތުލައިގަނެފައިވާ މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.

ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 3.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހު އެކަނިވެސް މިހާތަނަށް މަސްތުވާތަކެތީގެ 102 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު