ENGLISH
30 މާރިޗު 2026
ފަސްޓްލޭޑީ، ޝަހީދު ހުސައިން އާދަމްގެ މަންމާފުޅުގެ އަރިހަަށް ޒިޔާރަތް ކުރައްވައިފި
29 މާރިޗު 2026
|
ފަސްޓްލޭޑީ، ޝަހީދު ހުސައިން އާދަމްގެ މަންމަގެ އަރިހަަށް ޒިޔާރަތް ކުރެއްވުން
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ނޮވެންބަރު ތިނެއް 88 ގެ ބަތަލު، ހދ. ކުޅުދުއްފުށި ސިޓީ، މާވާގެ ހުސައިން ޢާދަމްގެ މަންމަގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި އެވެ.
އެކަމަނާ މި ޒިޔާރަތް ކުރެއްވީ ކުޅުދުއްފުށި ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިރުއޮއްސުނު ވަގުތު އެވެ.
މެޑަމް ސާޖިދާ މުޙައްމަދު ވަނީ، ޝަހީދު ހުސައިން ޢާދަމްގެ މަންމައާ ބައްދަލު ކުރެއްވުމަށް މާވާގެއަށް ވަޑައިގެންފަ އެވެ. އެކަމަނާގެ މި ޒިޔާރަތުގައި ޝަހީދު ހުސައިން އާދަމްގެ މަންމައާ ބައްދަލު ކުރައްވާ ޙާލު އޮޅުން ފިލުއްވެވި އެވެ. އަދި ކަންބޮަޑުވުންތައް އަޑުއެއްސެވި އެވެ.
ނޮވެންބަރު ތިނެއް 88 ގައި ލަންކާގެ ހަނގުރާމަވެރީންތަކެއް ގެނެސް ރާއްޖެއަށް ޢުދުވާނީ ހަމަލާއެއްދީ ރަޙުމްކުޑަ އަމަލުތަކެއް ހިންގުމުގެ އަޑީގައި ތިބީ ވެރިކަމާއި ބާރުހޯދުމަށް ފެންބޮވައިގެންފައި ތިބި ދިވެހީންގެ ޚާއިނުންގެ ބައެކެވެ.
އެ މީހުންގެ އުދުވާން ކާމިޔާބުނުވެ ދިޔައީ ސިފައިންގެ މައި މަރުކަޒުގައި ބޮޑު ގޭޓްގެ ޑިއުޓީގައި ހުންނެވި ޒުވާން ހުސައިން އާދަމް ދެއްކެވި ހިތްވަރާއި ޖެހިލުން ކުޑަކަމުގެ ސަބަބުންނެވެ. އޭނާ ވަނީ ވަގުތުން ދުޝްމަނުންނަށް ރައްދު ހަމަލާދީ އެ މީހުން ހުއްޓުވާފަ އެވެ. ބާޢީންގެ ވަޒަންތައް އަރާ ޝަހީދު ވެގެން ވެއްޓެންދެން ހަމަލާ ދިނެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރުން ކުލަފަނޑުވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ދުވަހުގެ ޙަޤީޤީ ޝަރަފުގައި އަލުން ކުލަގަދަކޮށް ފާހަގަކުރައްވަން ފައްޓަވާފަ އެވެ. އަދި ޝަހީދުންގެ އާއިލާތަކަަށް މާލީ އެހީތެރިކަމެއް ވެސް ދެެއްވަން ވަނީ ފައްޓަވާފަ އެވެ.