ENGLISH

30 މާރިޗު 2026

Advertisement

އަންނަ މަހުން ފެށިގެން ގަތަރު އެއާވޭސްގެ ފްލައިޓް ކޮންމެ ދުވަހަކު އޮންނާނެ: މިނިސްޓަރު އަމީން

29 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ރައީސް އޮފީސް

އަންނަ މަހުން ފެށިގެން ގަތަރު އެއާވޭސްގެ ފްލައިޓެއް ކޮންމެ ދުވަހަކުވެސް ދަތުރުކުރާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް، ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުންނެވެ.

ގަތަރު އެއާވޭސްގެ ފްލައިޓުތައް މިގޮތަށް ދަތުރުކުރަން ފަށާނީ އަންނަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން މިނިސްޓަރު އަމީން ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. މިހެން މެދުވެރިވާން ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ހަނގުރާމަ އާއި ގުޅިގެން ފްލައިޓްތައް ކެންސަލްވުމެވެ.

ގާތްގަނޑަކަށް ދުވާލަކު 18 ފްލައިޓް ކެންސަލްވި ދުވަސްވެސް ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަނގުރާމަ ފެށުނު އިރު ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ ފަސިންޖަރުންގެ އަދަދު 50 އިންސައްތައިގައި އުޅޭ ކަމަށް ފާހަގަކުރައްވައި މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ކުރެވުނު މަސައްކަތްތަކުން މިހާރު 75 އިންސައްތަ އަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު