ENGLISH
29 މާރިޗު 2026
ބްލައިންޑް އެސޯސިއޭޝަންގެ ރައީސް ޝާހިދަށް ވަރުގަދަ ރައްދެއް: ތިޔަކުރީ ފުރައްސާރަ، ނަމާދަށް ދަނީ ލާހޫރެމުންނެއް ނޫން
29 މާރިޗު 2026
|
ޢަބްދުﷲ ޝާހިދު.. ފޮޓޯ: އެމްޑީޕީ
އެންމެ މަޤްބޫލު
މި ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ބަދުބަސް ރައްދުކޮށް ފުރައްސާރަ ކުރެވޭ މޭރުމުން އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ދެއްކި ވާހަކަތަކަށް ބްލައިންޑް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝަރީފް ވަރުގަދަ ރައްދެއް ދެެއްވައިފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝާހިދު ވަނީ މި ސަރުކާރު ހިނގަނީ “ކަނަކު” އިޝާ ނަމާދަށް ދާހެން ކަމަށް ވިދާޅުވެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުސީދާކޮށް ފުރައްސާރަ ކޮށްފަ އެވެ.
ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާގެ ރައީސް ހުސައިން ޝަރީފް ވަނީ “ކަނަކު” އިޝާ ނަމާދަށް ދާއިރު އެހެން ނަމާދަށް ދިއުމަށް ތަފާތުކޮށް ކުރަނީ ކޮންކަމެއްތޯ ޝާހިދަށް ސުވާލު ކޮށްފަ އެވެ.
“އަޅުގަނޑުމެން އިޝާ ނަމާދަށް ވިޔަސް ނުވަތަ އެހެން ނަމާދަކަށް ވިޔަސް ދަނީ ލާހޫރެމުން ނޫން. ކޮންމެ ޕާޓީއެއްގެ ކޮންމެ މީހަކަސް މިފަދަ ފުރައްސާރަ ބަލައެއް ނުގަނެވޭނެ،”
ޝަރީފް ވަނީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނާމެދު އެފަދަ ދަށު ދަރަޖައިން ވިސްނޭނީ އަދުގެ ތަހުޒީބު ދުނިޔެއަށް ލޯ ނުހުޅުވޭތީ ކަމަށެވެ.
އަދި ވިދާޅުވީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުން މިއަދު އިޝާ ނަމާދަށް ދަނީ އިރާދަފުޅުން ޝާހިދު މެންފަދަ ބޭފުޅުންނަށް ވުރެ މާ ސްމާޓްކޮށް ކަމަށެވެ.
“الله ރަޙްމަތުން ފެނުމާއި އިވުން ލިބިފައިވާ އެތައް ބަޔަކަށް މިސްކިތްތައް ނުފެނި ބަންގީގެ އަޑު ނީވުމަކީ މާބޮޑު ނުކުޅެދުންތެރިކަމެއް ނޫންތޯ،” ޝަރީފް ސުވާލު ކުރެއްވި އެވެ.