ENGLISH

29 މާރިޗު 2026

Advertisement

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު އީއާރްއާއި ޑައިލަސިސް ސެންޓަރު ހުޅުވައިދެއްވައި، އައިސޮލޭޝަން ސެންޓަރުގެ ބިންގާ އަޅުއްވަައިފި

29 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައު ހިދުމަތްތައް އިފުތިތާހުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުޅުދުއްފުއްޓަށް ކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން އެ އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރެވުނު އައު އީރް ފެސިލިޓީއާއި ޑައިލަސިސް ސެންޓަރު ހުޅުވައިދެއްވުމާއެކު، އެ ހޮސްޕިޓަލަށް އިތުރުކުރާ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އަޅުއްވައިފިއެވެ. 

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އައު އީރްއެއް ހުޅުވާފައިވާއިރު އެތަނަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނެކެވެ. ހަ އެނދުގެ މައްޗަށް އެކުލެވޭ އީއާރްގައި ސްޓާފް ލޯންޖަކާއެކު ޕްރޮސީޖާ ރޫމެއްްވެސް ހުންނާނެ ތަނެކެވެ. 

މީގެ ކުރީގައި އެ ހޮސްޕިޓަލުގައި އިމަޖެންސީ ފަރުވާ ދެމުންއައީ ހޮސްޕިޓަލުގެ އެތެރޭގައި ހިންގަމުން އައި ވޯޑެއްގައެވެ. އެހެންކަމުން އައު އީއާރްގެ ހިދުމަތާއެކު ކުއްލި ހިދުމަތްތައް ދިނުން ފުޅާކުރެވި ބަލިމީހުންނަށް ހިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. އައު އީއާރް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. 

އީއާރްގެ އިތުރަށް ޑައިލަސިސް ހިދުމަތަށް ހާއްސަކޮށް ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރެވުނު އެކްސްޓެންޝަންވެސް ހުޅުވައިދެއްވީ ފަސްޓް ލޭސްޑީ ސާޖިދާ މުހައްމަދެވެ. މިއަދު އެކަމަނާ ހުޅުވައިދެއްވި ޑައިލިސިސް ސެންޓަރުގައި އެކަމަށް ހާއްސަ އެނދުތަކެއް ބަހައްޓާފައިވެއެވެ. 

އޭގެ އިތުރަށް ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރަން ފެށުނު އައިސޮލޭޝަން ފެސިލިޓީގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެ އިމާރާތަކީ 14 ޕްރައިވެޓް ރޫމާއި 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމަކާއެކު ގާއިމުކުރެވިގެންދާ އިމާރާތެކެވެ. އެތަނަކީ ކޮންވާޓިބަލް ކަރަންޓީން ފެސިލިޓީއެކެވެ. 

މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ހުޅުވުނު ހިދުމަތްތަކާއި، ހޮސްޕިޓަލަށް އައު އިމާރާތެއް އިތުރުކުރުމަށް ފެށުނު މަޝްރުއާ ގުޅިގެން ހާއްސަ ރަސްމިއްޔާތެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު