ENGLISH

29 މާރިޗު 2026

Advertisement

ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރަނީ

29 މާރިޗު 2026

|

އައިމިނަތު ޝަފާ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް.

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތް ކޮށްފިއެވެ. 

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދުގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 93,172 އަށް އަރައިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 610،805 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 2.7 އިންސައްތަ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް 627,496 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެެއް ވަނައިގައި ޗައިނާ އޮތް އިރު ދެވަނައިގައި އޮތީ ރަޝިޔާ އެވެ. މި މުއްދަތުގައި ރަޝިޔާއިން ރާއްޖެއަށް 77،275 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. 

ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 59،354 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ހަތަރު ވަނައިގައި އޮތް އިޓަލީ ވިލާތުން ރާއްޖެއަށް 56،151 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. 

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ މި މުއްދަތުގައި ރާއްޖެއަށް 145،728 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.

ކިޔުންތެރިންގެ ހިޔާލު