ENGLISH

31 މާރިޗު 2026

Advertisement

މެމްބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދެނީ

29 މާރިޗު 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. މެމްބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ގާނޫނު ފަރުމާކުރުމުގެ ވިސްނުން އެބަހުރިކަން ފާހަގަކުރެއްވި. ފޮޓޯ؛ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ "ރިކޯލް ވޯޓު" ނެގޭ ގޮތަށް ގާނޫނެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ އިސްލާހީ އެޖެންޑާގެ ދަށުން ހުށަހެޅުމަށް ބޭނުންވާ އިތުރު ކަންކަން އެބަ ހުރި ކަމަށް ވިދާޅުވެ އިތުރު ތަފްސީލު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުން އެ މީހުންގެ ދައުރުގެ ތެރޭގައި ވަކިކުރެވޭނެ ގޮތަށް ރިކޯލް ވޯޓް ނެގޭނެ ގޮތައް ގާނޫނެއްގައި ކަނޑައެޅުމަށް ވިސްނުންފުޅު އެބަ ހުންނެވި ކަމަށެވެ. 

"އެހެންވީމާ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިހާބު ބާއްވާކަން ނުޖެހޭނެ. ހަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވާފައި މެމްބަރުން ހޮވަންވީ. ހޮވާފައި ދައުރު ތެރޭގައި އެ ގާނޫނަށް ކަނޑައަޅާ ޝަރުތެއް ނޫނީ ކަމެއް އުނިވީ. އެ ހިސާބުން ރައްޔިތުންނަށް ފުރުސަތު އެބަ ލިބޭ އެ ގޮނޑިން "މެމްބަރު" ބޭރުކުރަން. މާނައަކީ މަޖިލިސް މެމްބަރުން ނުވަތަ ކައުންސިލަރުންގެ ޕާފޯމަންސް ދަށްވީ. ނޫނީ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން އެ މީހުންގެ ކިބައިން ދިޔައީ. އެ ހިސާބުން ރައްޔިތުންނަށް ފުރުސަތު ލިބޭނެ އެ ކަނޑައެޅިފައި އޮންނަ ގޮތަކަށް ޕެޓިޝަން ހުށަހަޅައިގެން ވަކި އިންސައްތައެއްގެ ވޯޓު ހަމަކޮށްގެން މި ކަހަލަ ތަފްސީލުތަކެއް "ގާނޫނުގައި" ހުންނާނެ". ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މި  ބަދަލާ އެކު، ރައްޔިތުންގެ މަޖިލިހާއި ކައުންސިލުތަކާއި ސަރުކާރު ވެސް ހިނގާނީ ހަރުދަނާކަމާ އެކު ޖަވާބުދާރީ ކުރެވޭ އުސޫލަކުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު