ENGLISH

29 މާރިޗު 2026

Advertisement

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއި ބައްދަލުކުރެއްވުން

29 މާރިޗު 2026

|

ޢަލީ ޝަހީމް

ސަންގު ޓީވީން ކުރިއަށްގެންދިޔަ "އެސްޕްރެސޯ ވިތު ރައީސް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންފި. 

މި ހަރަކާތް ކުރިއަށްދިޔައީ 29 މާރިޗު 2026 ވަނަ ދުވަހުގެ ރޭ ޔޫތު ހަބްގަ. 

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާ ބައްދަލުކުރެއްވުމުގެ ހަރަކާތަށް ވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް

ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމަށް. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޒުވާނުންނާއެކު ހަރަކާތުގައި ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ އިޞްލާޙީ އެޖެންޑާގައި ހިމަނުއްވައިގެން، ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާ އިޞްލާޙުތަކާ މެދު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަށް. 

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއެކު ހަރަކާތުގެ ބައިވެރިއަކާ ސަލާންކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

މި އިޞްލާޙުތަކަކީ ދުރާލާ ރޭވިގެން، ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން އިސްކުރުމުގެ ނިޔަތުގައި ހުށަހަޅުއްވައި ތަންފީޒުކުރައްވަމުންގެންދަވާ ކަންތައްތަކެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި. 

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއެކު ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިޞްލާޙަކީ، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ މައްޗަށް ބަރޯސާވާނޭ އިޞްލާޙެއް ނޫންކަމަށް.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި "އެސްޕްރެސޯ ވިތު ކޮފީ" ހަރަކާތުގައި ޒުވާނަކު ރައީސަށް ސުވާލެއްކުރަނީ. ފޮޓޯ: ރައީސް އޮފީސް

ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުން އިޞްލާޙުކުރެއްވުމަށްވެސް ހުށަހަޅުއްވަން ވިސްނަވާކަމަށް އެމަނިކުފާނު ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއެކު ބައިވެރިވެވަޑައިގެންނެވި ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ކުރިއަށްއޮތް ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން، ޕްރޮގްރާމުގެ ބައިވެރިންނާއި އޯޑިއަންސުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ޙިކުމަތާމެދު ވާހަކަފުޅުދައްކަވާފަ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި "އެސްޕްތެސޯ ވިތު ރައީސް" ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ކޮންމެ ސަރުކާރެއްވެސް އަލަށް އެކުލަވާލުމަށްފަހު އެ ވޭތުވާ ފުރަތަމަ ހަ މަސްދުވަހު، ސަރުކާރު ލިމްބޯއެއްގައި އެ އޮންނަ އޮތުން، މިކަމުގެ ސަބަބުން ނިމުމަކަށް ގެނެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވި.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި "އެސްޕްތެސޯ ވިތު ރައީސް" ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި އެލިބޭ ފައިދާ ނުލިބި، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވި.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި "އެސްޕްރެސޯ ވިތު ކޮފީ" ހަރަކާތުގައި ޒުވާނަކު ރައީސަށް ސުވާލެއްކުރަނީ. ފޮޓޯ: ރައީސް އޮފީސް

މިގޮތަށް އިންތިޚާބު ބޭއްވުމުން، ވޯޓުލާ މީހުންގެ ޢަދަދު އިތުރުވެ، އިންތިޚާބުކުރެވޭ މަޤާމުތަކުގައި ތިބޭ މީހުން ޖަވާބުދާރީކުރާނޭ ފުރުޞަތުވެސް އިތުރުވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި.

ކިޔުންތެރިންގެ ހިޔާލު