ENGLISH
29 މާރިޗު 2026
ރައީސް، ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫޢޫގެ ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުން
29 މާރިޗު 2026
|
ގިރާވަރުފަޅު ހިއްކުމުގެ މަޝްރުޢުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ އެކިއެކި މަޝްރޫޢުތަކުގެ ތެރެއިން، ގްރޭޓަރ މާލޭ އޭރިއާގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި.
މި ސަރުކާރުން ބިންހިއްކަމުން އަންނަ ގިރާވަރު ފަޅު. ރައީސް ވަނީ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފަ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ގިރާވަރުފަޅު ބައްލަވާލައްވާފައިވަނީ 27 މާރިޗު 2026 ވަނަ ދުވަހު އެ ސަރަޙައްދަށް ވަޑައިގެން.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލެއްވުން. ފޮޓޯ: ރައީސް އޮފީސް
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ކުރެއްވި މި ޒިޔާރަތުގައި، މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވޭ. އަދި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކާއި، ވެލި އެޅުމުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވާލެއްވި.
މި ސަރުކާރުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު. މަސައްކަތް ނިންމާލުމަށްފަހު ބިން ޙަވާލުކުރުމުގެ މަސައްކަތް ފަށާނެ. ފޮޓޯ: ރައީސް އޮފީސް
އެމް.އޭ.ސީ.އެލްއާ ހަވާލުކޮށްގެން މިހާރު ކުރިއަށްގެންދަވާ މި މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފަ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: ރައީސް އޮފީސް
އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓަޑް (އެމް.އެފް.އެމް.ސީ)ގެ ދަށުން، ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތު. ފޮޓޯ: ރައީސް އޮފީސް
ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށް، އެކު ޖުމުލަ 167.15 ހެކްޓަރުގެ ބިން، ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައި ވާއިރު، މިހާތަނަށް 105 ހެކްޓަރު ވަނީ ހިއްކާ ނިމިފަ.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލެއްވުން. ފޮޓޯ: ރައީސް އޮފީސް
ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު.