ENGLISH
29 މާރިޗު 2026
ރައީސް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުން
29 މާރިޗު 2026
|
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ވިލިމާލޭ 300 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތު އޮތީ 26 މާރިޗު 2026 ވަނަ ދުވަހުގެ ރޭގަނޑު ވިލިމާލޭގަ.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
މަސައްކަތް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އާ.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
މި މަޝްރޫޢުގެ ދަށުން، 17 ފަންގިފިލާގެ 3 ޓަވަރު، ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން ތަރައްޤީކުރެވޭނެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެއް.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެއް. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.