ENGLISH
30 މާރިޗު 2026
ފިޔޯރީގައި ގެނބިގެން ދޮށީ އުމުރުގެ މީހަކު ނިޔާވެއްޖެ
28 މާރިޗު 2026
|
މިއަދު ނިޔާވި މީހާ
އެންމެ މަޤްބޫލު
ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މާރިޗު 28 ވަނަ ދުވަހުގެ 13:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނިޔާވެފައި ވަނީ ގަހާކޯޅި / ގދ. ފިޔޯރީ، މުޙައްމަދު ޙުސައިން (79އ) އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުން ކަމަށް ވެސް ބުންޏެވެ.