ENGLISH
30 މާރިޗު 2026
ހަތް ޕާކިން ބިލްޑިން ހެދުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފެށޭނެ: މިނިސްޓަރު އަމީން
28 މާރިޗު 2026
|
ވަޒީރު ހިއްސާކުރެއްވި ޕާކިން އިމާރާތެއްގެ ކުރެހުމެއް. ޕާކިން އިމާރާތްތަކެއް ޤާއިމުކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް
އެންމެ މަޤްބޫލު
މާލެ ސަރަހައްދުގައި ހަތް ޕާކިން ބިލްޑިން ހެދުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފެށޭނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓުގައި ވަނީ، ވަރަށް އަވަހަށް ޕާކިން އިމާރާތްތަކެއް ތަކެއް ހެދުމުގެ މަޝްރޫ ފެށިގެންދާނެކަން ހާމަކުރައްވާފައެވެ.
އެ ޕޯސްޓުގައި ވަޒީރު އިތުރަށް ވިދާޅުވީ، މި 7 ޕާކިިން އިމާރާތްތަކުގައި 2،600 އަށް ވުރެ ގިނަ ހަތަރު ފުރޮޅުލީ އުޅަނދާއި، 1،000 ދެފުރޮޅުލީ އުޅަނދު ޕާކ ކުރެވޭ ވަރުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
މާލެ ސަރަހައްދުގައި އުޅަނދުތައް ގިނަވެ ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަކީ އާންމުން ވަރަށް ގިނައިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ.