ENGLISH

28 މާރިޗު 2026

Advertisement

ހއ.އުތީމު ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

28 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

ހއ.އުތީމު ސިއްހީ މަރުކަޒުގެ ލެބޯޓަރީގެ ހިދުމަތެ ފެށުން. ފޮޓޯ: ޕީއެސްއެމް

 ހއ. އުތީމު ސިއްހީ މަރުކަޒުގެ ލެބޯޓަރީގެ ހިދުމަތް، ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ފައްޓަވައިދެއްވައިފިއެވެ.

އުތީމުގައި ގާއިމްވެގެންދިޔަ މި ލެބޯޓަރީގެ މަޝްރޫއަކީ، މި ސަރުކާރުން ލެބޯޓަރީ ނެތް ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވާ މަޝްރޫގެ ދަށުން 15 ވަނަ ލެބޯޓަރީއެވެ.

އުތީމު ސިއްހީ މަރުކަޒުގެ ލެބޯޓަރީ ހިދުމަތް ފެށުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ނާޒިމްގެ އިތުރުން ސިއްހީ ވުޒާރާގެ އިސްވެރިންނާއި، އުތީމު ކައުންސިލްގެ އިސްވެރިންގެ އިތުރުން ސިއްހީ މަރުކަޒުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު ނާޒިމް ހއ. އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން އުތީމުގެ އިތުރުން އެ އަތޮޅުގެ މާރަންދޫ ސިއްހީ މަރުކަޒުގެ ލެބޯޓަރީގެ ހިދުމަތް ފައްޓަވައިދެއްވައި، ތުރާކުރުނުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ވެސް ވަނީ ހުޅުވައިދެއްވާފައެވެ.

ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު