ENGLISH
28 މާރިޗު 2026
ލ. ގަމުގައި 100 ހައުސިން ޔުނިޓް އަޅަން ތައްޔާރުވަނީ
28 މާރިޗު 2026
|
އެންމެ މަޤްބޫލު
ލ. ގަމުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު މޮބިލައިޒްކޮށް، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެޗް.ޑީ.ސީ އިން ބުނެފިއެވެ.
މި މަޝްރޫއަކީ ސަރުކާރުން އެޗް.ޑީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެޗް.ޑީ.ސީ އިން ބުނިގޮތުގައި ގަން 100 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއަށް ބޭނުންވާ މެޝިނަރީ އާއި މެޓީރިއަލްސްގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ލ. ގަމަށް ގެންގޮސްފައެވެ.
ގަމުގައި 100 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ބައެއް ސާމާނު ގެންގޮސްފައިވާއިރު ކުޅުދުއްފުށީގައި އިމާރާތްކުރާ 400 ހައުސިންގް ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިދިޔަ ހަފުތާގައި ވަނީ އެ ރަށަށް ގެންގޮސްފައިއެވެ.
މި ހުރިހާ ހައުސިން ޔުނިޓްތަކެއް ވެސް އެޅުމަށް ހަވާލުކޮށްފައިވަނީ އެޗް.ޑީ.ސީއާއެވެ.
އެޗްޑީސީން އަންނަނީ ހައުސިން ޔުނިޓްތަކުގެ މަޝްރޫޢުގެ އިތުރުން، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ރަށްރަށުގައި ހިންގަމުންނެވެ.