ENGLISH
28 މާރިޗު 2026
ބުދަ ދުވަހު ކިރުވި މަހަށް 2.5 މިލިއަން ރުފިޔާ ދޫކޮށްފި
28 މާރިޗު 2026
|
އެންމެ މަޤްބޫލު
މާރިޗު މަހުގެ 25 ވަނަ ދުވަހު މިފްކޯއަށް މަސްކިރުވި ދޯނިތަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އިއްޔެ ޖަމާކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން ބުނި ގޮތުގައި މާރިޗް 25 ވަނަ ދުވަހު ކިރުވި މަހަށް 27 މާރިޗު ވަނަ ދުވަހު ޖަމާކޮށްފައިވަނީ 2،578،051 ރ. (ދެ މިލިއަން ފަސް ސަތޭކަ ހަތްދިހަ އަށް ހާސް ފަންސާސް އެއް ރުފިޔާ) އެވެ.
މިފްކޯއިން މީޑިއާއާ ހިއްސާކުރި ތަފާތްހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 36 ދޯންޏަކަށް 2،478،566 ރ. (ދެ މިލިއަން ހަތަރު ސަތޭކަ ހަތްދިހަ އަށް ހާސް ފަސް ސަތޭކަ ފަސްދޮޅާސް ހައެއް) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 9 ދޯންޏަކަށް 39،860 (ތިރީސް ނުވަ ހާސް އަށް ސަތޭކަ ފަސްދޮޅަސް) ދޫކޮށްފައިވެއެވެ. އަދި، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 12 ދޯންޏަކަށް 59،625ރ. (ފަންސާސް ނުވަ ހާސް ހަ ސަތޭކަ ފަންސަވީސް ) ރ. ވަނީ ދޫކޮށްފައެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާރު އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާގެ ބޮޑު ދަރަނި ހަލާސްކުރައްވައި، 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފަައެވެ.
އޭގެ އިތުރަށް ކުރިން މިފްކޯއަށް ބޮޑުކަންނެލި ކިރަމުން ނައިނަމަވެސް ރައީސް ޑރ.މުޢިއްޒުވަނީ އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ބޮޑުކަންނެލި މިފްކޯއަށް ކިރުވަން ފައްޓަވާފައެވެ.