ENGLISH
28 މާރިޗު 2026
ސަރުކާރުން ދިން ބޮޑު ލުއިތަކާއެކު އާއިލާތަކަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން މަގުފަހިވި: ޝަރީފު
28 މާރިޗު 2026
|
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސްއިން ފެށި ބޯހިޔާވަހިކަމުުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ހަމަޖައްސައިދިން ބޮޑެތި ލުއިތަކުގެ ސަބަބުން ހެޔޮ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ބޭންކަށް ފަހިވެފައިވާކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް އެ އަވަށުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ބީއެމްއެލްގެ ހައުސިން މަޝްރޫއުގައި އަޅާ ހައުސިން ޔުނިޓުގެ މަސައްކަތްތައް ވަރަށް އަވަަހަށް ފެށިގެންދިޔައީ އެކަމުގައި އިދާރަތަކުން ލިބުނު އެއްބާރުލުމާއި، ގުޅިގެން އެކުގައި ކުރެވުނު ގިނަގުނަ މަސައްކަތްްތަކުގެ ސަބަބުން ކަމަށެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ މިހާރު ހިނގަމުންދާ މަޝްރޫއުގެ ސަބަބުން ލީސް ޓު އޯން ނުވަތަ ކުލި ދައްކަމުން ގޮސް އަގު އަދާކޮށް ހަލާސްކުރުމުން ހައުސިން ޔުނިޓުތައް މިލްކުކުރެވޭ މޮޑެލް ތައާރަފުކުރެވިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިކުއިޓީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހޭތީ މީހުންނަށް އުފުލަންޖެހުނު މާލީ ތަކުލީފު ވަރަށް ބޮޑަށް ކުޑަވެ، އަތްފޯރާ ފަށުގައި މަހު ކުއްޔެއްގަައި އާއިލާތަކަށް ގެދޮރު މިލްކުކުރުމަށް ފުރުސަތު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެންގެ ތެރެއިން މަދު އާމްދަނީ ލިބޭ ރައްޔިތުންގެ ހާލަތަށް ރިއާޔަތްކޮށް ފަރުމާކޮށްފައިވާ ގިނަ ބަޔަކަށް ގެދޮރުވެރިކަން ލިބިދެވޭނެ އެކަށޭނެ ހައްލެއް،" ޝަރީފު ވިދާޅުވިއެވެ.
އަމިއްލަ ގެދޮރު އެޅުމަށާއި އެޕާޓުމެންޓުތައް ގަތުމަށް ބީއެމްއެލްއިން ދޫކުރަމުންއައި ލޯނުތަކުގެ އިކުއިޓީ ވިހި އިންސައްތައިން ފަސް އިންސައްތަ ކުޑަކޮށް ގިނަ އަދަދެއްގެ ލޯނު ދޫކުރެވިފައިވާކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ހިޔާވަހި ފައިނޭންސްގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުގައި ވަަަރަށް ލުއި ގޮތްތަކަށް ލޯނުތައް ދޫކުރެވިފައިވާ ކަމަށެވެ.
"މިފިޔަވަޅުތަކުން ރަމްޒުކޮށްދެނީ އަމިއްލަ ގެދޮރުވެރިކަމަކީ ހަމައެކަނި ދެކެވޭ ހުވަފެނަކަށްނުވެ، ކޮންމެ ދިވެއްސަކަށްވެެސް ހާސިލުކުރެވޭނެ ހަގީގަތަކަށްވާނެ ކަމެއް ކަމުގައި ގަބޫލުކުރުން. އަދި މިހުވަފެން ހަގީގަތަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތް،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ އެ މަޝްރޫއު ކާމިޔާބުކުރުމަށް ސަރުކާރުން ދެމުންދާ އެހީތެރިކަމާއި ބޮޑެތި ލުއިތަކަށް ޝުކުރު އަދާކުރައްވާކަމަށާއި، އަދި މަޝްރޫއު ހިންގުމަށް ދޫކުރި ބިންތަކުން އަގެއް ނުނެގުމަށް ސަރުކާރުން ނިންމާފައި އޮތުމަކީ މަޝްރޫއުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވި، ރައްޔިތުންނަށް ހެޔޮ އަގުގައި ގެދޮރު ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
"ވަކިން ހާއްސަކޮށް ކުއްލި ދައްކަންނުޖެހޭ ގޮތަށް ބިން ހަމަޖައްސައިދެއްވުމަކީ ނިންމެވި ވަރަށް ހިކުމަތްތެރި އަދި ދުރުވިސްނޭ ނިންމުމެއް. މީގެ ސަބަބުން މަޝްރޫއުގެ ހަރަދު ބޮޑުތަނުން ކުޑަވެފައި، ދިވެހި އާއިލާތަކަށް ހަގީގީ މާނާގައި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިވަނީ މަގުފަހިވެފައި. މިއީ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ސީދާ މަންފާކުރާނެ ކަމުގެ މިސާލެއް،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ބޭންކުން ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށީ ރެގިއުލޭޓަރީ ފިޔަވަޅެއް ތަންފީޒުކުރުމުގެ ވިސްނުމަށްވުރެ ގައުމީ ހިދުމަތެއް އަދާކުރުމުގެ ވިސްނުމުގައި ކަމަށެވެ. އަދި އެ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ވިލިމާލޭގައި 300 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރި އާރްސީސީގެ ގާބިލުކަމާމެދު ޝައްކުނުކުރައްވާކަމަށާއި، އުންމީދަކީ އެ ކުންފުންޏާ ހަވާލުކުރ