ENGLISH

28 މާރިޗު 2026

Advertisement

ހޯޑެއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

28 މާރިޗު 2026

|

އައިމިނަތު ޝަފާ

ހޯޑެއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ؛ އެމްޓީސީސީ

ގދ. ހޯޑެއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

ހޯޑެއްދޫގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާދު ހުސައިން މުޙައްމަދު ލަޠީފް އެވެ.

މި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝަމީޒްއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާއިލް ހަމީދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދް އަދި ގދ ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްއާއި މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި - އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 3.33 ކިލޯމީޓަރުގެ ހަތް މަގެއް ތަރައްޤީ ކުރާނެ ކަމަށެވެ. އަދި މި މަގުތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމަންޓް ހެދުމާއި، ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.  މި މަޝްރޫއަކީ 93.06 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ހޯޑެއްދޫއަކީ 1347 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ހޯޑެއްދޫގެ އަޑިގުޑަން މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމަކީ، ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން ފޯރަމުންދާ މައްސަލައެކެވެ.

މިއަދު ޢަމަލީ މަސައްކަތް ފެށުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ޒަމާނީ ރަނގަޅު ފެންވަރުގެ ރައްކާތެރި މަގުތަކެއް ހޯޑެއްދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.  

ކިޔުންތެރިންގެ ހިޔާލު