ENGLISH
28 މާރިޗު 2026
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ނޫނެކޭ ބުނަނީ ވެރިކަމުގެ ދަހިވެތިކަމުގައި: މުހައްމަދު އިސްމާއީލް
28 މާރިޗު 2026
|
ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަަދު އިސްމާއީލް. ދެ އިންތިހާޞުގެ ރެފަރެންޑަމްއަށް ދެކޮޅު ހަދަނީ ވެރިކަމުގެ ދަހިވެތިކަމުގައިކަމަށް ވިދާޅުވި. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން ބޮޑުތިލަދުއްމަތީގެ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ދާއިރާގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ މުހައްމަދު ވަނީ އެމްޑީޕީއަށް ރައްޔިތުން ދިން ދެ ދައުރުގެ ވެރިކަމުގައި ގައުމަށް ދިން ގެއްލުމުގެ ވާހަކަ ވަރަށް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވާފަ އެވެ.
އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖޭގެ ހަރުމުދާ ރަހުނުކޮށް ރާއްޖެއިން ބޭރުން ބޮޑެތި އަދަދަުތަކުން ލޯނު ނަގާފައިވާކަމަށާއި ނަމަވެސް ތަރައްގީއަށް މިއިން އެއްވެސް ވެރިކަމަމަކު ކޮށްދިން ކަމެއް ނެތްކަމަށް މުހައްމަދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އެމްޑީޕީގެ ލީޑަރޝިޕުގައި ހިމެނިވަޑައިގަންނަވާ އިސް ފަރާތްތަކުން ދެކޮޅު ހަދަމުން ދަނީ ވެރިކަމުގެ ދަހިވެތިކަމުގައިކަމަށް މެމްބަރު ވިދާޅުވި އެވެ.
"މިވެރިކަމުގައި މިހާ އަމާންކަމާއެކު ކުރިއަށްދަނިކޮށް އަނެއްކާވެސް މި ފާޅުވަނީ ވެރިކަން ގެއްލުނު ފަރާތްތައް ވެރިކަމުގެ ދަހިވެތިކަމުގައި . ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ދެކޮޅު ހަދާތަން މި ފެންނަނީ މިހާރު. މިއީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރާކަމެއް. އެނޫން އެއްވެސް ކަމެއް ނޫން މިއީކީ. " - ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަަދު އިސްމާއީލް
ވެރިކަން ބޭނުންވެގެން އެމްޑީޕީގެ އިސް ބައެއް ވެރިން މިހާރު އުޅެމުންދާ ގޮތް ރައްޔިތުންނަށް ފެންނާނެކަމަށް މެމްބަރު ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ދިން ފަސް އަހަރުގެ ދެ ދައުރުގެ ތެރޭގައި މި ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަމާއި އިޖުތިމާއީ ފޭރާން ހަލާކުކޮށްލާފައިވާކަމަށެވެ.
"ހޯ ހޯ ދެން މިގައުމުގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބަސްބުނަން ތިބޭފުޅުންނަށް ފުރުސަތު ދޭކަށެއް ނޫން ރައްޔިތުން ތިބީކީ." - ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަަދު އިސްމާއީލް
2028 ގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މައްސަލައިގައި ޕާޓީގެ އެތެރޭގައި މީގެ ކުރިންވެސް ވަނީ ހަމަނުޖެހުން އުފެދިފަ އެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ނޫނެކޭ ބުނަނީ ވެރިކަމުގެ ދަހިވެތިކަމުގައިކަމަށް މެމްބަރު މުހައްމަދު ވިދާޅުވިއިރު އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ އިސް ބޭފުޅުން މިހާރު ވެސް ފާޅުގައްޔާއި ސިއްރިއްޔާތުގައި ކެމްޕެއިން ކުރަމުންދާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ފޯރި އެމްޑީޕީގެ އެތެރޭގައި ވަރަށް ކުޑަކަމަށް ބައެއް ބޭފުޅުން ދެކެއެވެ.