ENGLISH
28 މާރިޗު 2026
ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި
28 މާރިޗު 2026
|
ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި. ފޮޓޯ؛އީސީ
އެންމެ މަޤްބޫލު
ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ފަށައިފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އަތޮޅުތަކުގައި ޤާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދުން ފެށިގެން ކަނޑުމަގުންނާއި ވައިގެމަގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
ކޮމިޝަނުން މައުލޫމާތުދޭގޮތުގައި މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ،ރ،ތ،ލ،ގއ،ގދ،ސ.އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ،ށ،ނ،ބ،ޅ،އއ،އދ،ވ،މ،ފ އަދި ދ އަތޮޅަށެވެ. މާލެ އަތޮލުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކަމަށް ކޮމިޝަނުން ބުނެ އެވެ.
އަންނަ އޭޕްރީލުމަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ މަސައްކަތަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ އީސީއާއި ދިވެހި ފުލުހުން ގުޅިގެންނެވެ.