ENGLISH

28 މާރިޗު 2026

Advertisement

އަލައިކާގެ ހުޅުމާލެ ޖަގަހަ ފަސްޓްލޭޑީ ހުޅުވައިދެއްވައިފި

27 މާރިޗު 2026

|

އަޙުމަދު ޙަމީދު

ްައަލައިކާގެ ހުޅުމާލެ ޖަގަހަ ފަސްޓްލޭޑީ ހުޅުވައިދެއްވުން

ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕޭން އޮފީސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފި އެވެ.

އަލައިކާގެ ހުޅުމާލެ ކެމްޕެއިން ޖަގަހަ ހުޅުވުން އޮތީ މިރޭ އޮތް ޚާއްސަ ޙަފްލާއެއްގަ އެވެ. ޖަގަހަ ހުޅުވުމަށް ފަހު އޮތް ޖަލްސާގައި އަލައިކާގެ އިތުރުން މި ފަހަރުގެ އިންތިޚާބުގައި ކޮންގްރެސްގެ ފަރާތުން ކައުންސިލަށް ވާާދަކުރައްވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ވަނީ ޖަގަހަ ހުޅުވައިދެއްވައި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންދެއްވީތީ ފަސްޓްލޭޑީ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކޮންގްރެސްގެ ކެމްޕެއިންގައި ފަސްޓްލޭޑީ ގެންދަވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ތަކާއި އޮފީސްތައް ހުޅުއްވައިދެއްވާ ކެމްޕެއިން ހަރަކާތްތަކުގައި އެކަމަނާ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ސިޓީތަކަަށް ދަތުރުފުޅު ކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު އިތުރު ކުރެއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ޚާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު