ENGLISH

27 މާރިޗު 2026

Advertisement

ބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

27 މާރިޗު 2026

|

އައިމިނަތު ޝަފާ

ސިނަމާލެ ބްރިޖު ދަށުގައި ދިރިއުޅޭ ބިދޭސީން ދިރިއުޅޭ މައްސަލައެއް އަންނަނީ ބަލަމުން. ފޮޓޯ؛ ދުވަސް އެމްވީ

ސިނަމާލެ ބުރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާއި ގުޅިގެން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކޮށްފި އެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖްގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން އެ ސަރަހައްދު ބެލިބެލުމުން ބައެއް ފަރާތްތަކުން އެ ތަން ބޭނުންކުރާކަން ފާހަގަކުރެވިފައި ވާކަމަށެވެ.

މިކަން ހުއްޓުވުމަށް ޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

ފުލުހުން ބުނީ މިފަދަ މައްސަލަތަކުގައި އިޖުތިމާއީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. 

މިފަދަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަކީ އެކަންކަމަށް ވަގުތުން ފިޔަވަޅު އެޅުމަށް މަގުފަހި ވެގެންދާނެ ކަމެއްކަން ފާހަގަކޮށް ލަސްނުކޮށް މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު