ENGLISH
27 މާރިޗު 2026
ކެންޑިޑޭޓުން މަގުމަތިކޮށް އެމްޑީޕީން އުޅެނީ 2028 ހޯދަން: ސައީދު
27 މާރިޗު 2026
|
އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މަގުމަތިކޮށްފައިވާކަމަށާއި އެމްޑީޕީގެ މުޅި ފޯކަސް ހުރީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަންކަމަށް އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކޮންްގްރެސް ޕާޓީގެ ފަރާތުން ނ.ވެލިދޫގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އެމްޑީޕީގެ ވެރިން އިސްނަގައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ޕްރޮމޯޓުކުރާ ތަން މިއަދު ނުފެންނަ ކަމަށެވެ.
"މަށަށް ވެރިކަން. މަށަށް ވެރިކަން. ކިޔާލަ ކިޔާލައި ބޮޑެތި މީހުން މި ތިބެނީ. އަޑުއިވޭ އަބްދުﷲ ޝާހިދަށޭ ވެރިކަން ބޭނުންވަނީ. އަޑު އިވޭ އިބްރާހީމް މުހައްމަދު ސޯލިހު އަދިވެސް ވެރިކަން ކުރަން ބޭނުންވެއޭ ކިޔާތީ. އަނެއްކޮޅުން އަޑު އިވޭ ކުރީގެ ވެރިމީހާ ރައީސް ނަޝީދުވެސް މީގެ ތެރެއަށް އައިސްފާނެއޭ. ފައްޔާޒުވެސް އައިސްފާނެއޭ. އެމީހުންނަށް މުހިންމެއް ނޫން ކައުންސިލަށް ކުރިމަތިލައިގެން އުޅޭ މީހުންނެއް. ހަގީގަތުގައި އެބޭފުޅުން މަގުމަތިކޮށްފި. އެމްޑީޕީގެ ވިސްނުމުގައި ހުރީ 2028 ކާމިޔާބުކުރަން. " - އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
އެމްޑީޕީން އެ ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި ވަކާލާތު ކުރަމުން އަންނާތީ ވަޒީރު ވަނީ ވަރަަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ކައުންސިލުތަަކަކީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަންޖެހޭ ބައެއް ނޫންކަމަށާާއި ކައުންސިލުތަކަކީ ރަށުގެ ތަރައްގީއަށް ސަރުކާރާ އެކު ކުރިއަށްދާން ތިބި ބައެއްކަމަށް ވަޒީރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މަގުމަތިކޮށްފައިވާކަމަށާއި އެމްޑީޕީގެ މުޅި ފޯކަސް ހުރީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަންކަމަށް ވަޒީރު ވިދާޅުވިއިރު 2028 ގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މައްސަލައިގައި ޕާޓީގެ އެތެރޭގައި މީގެ ކުރިންވެސް ވަނީ ހަމަނުޖެހުން އުފެދިފަ އެވެ.
ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ އިސް ބޭފުޅުން މިހާރު ވެސް ފާޅުގައްޔާއި ސިއްރިއްޔާތުގައި ކެމްޕެއިން ކުރަމުންދާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ފޯރި އެމްޑީޕީގެ އެތެރޭގައި ވަރަށް ކުޑަކަމަށް ބައެއް ބޭފުޅުން ދެކެއެވެ.