ENGLISH
29 މާރިޗު 2026
އިންތިހާބު ކާމިޔަބުކުރާނީ ހުސްގޮނޑިއާ ނުލައި، 70 އިންސައްތައަށް ވުރެ މަތިން: މުހުތާޒު
27 މާރިޗު 2026
|
ކުރީގެ ޕްރޮސިކިޔުޓަރ ޖެނެރަލް އަލްއުސްތާޛް މުޙްތާޒް މުޙްސިން. ފޮޓޯ؛ ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި "ހުސްގޮނޑި" އާ ނުލައި 70 އިންސައްތައަށް ވުރެ ގިނަ ގޮނޑި ކޮންގްރެސް ޕާޓީން ކާމިޔާބުކުރާނެކަމަށް ކުރީގެ ޕްެރޮސިކިޔުޓަރ ޖެނެރަލް އަލްއުސްތާޛް މުޙްތާޒް މުޙްސިން ވިދާޅުވެއްޖެ އެވެ.
މުހުތާޒު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަމިއްލަފުޅު ޕާޓީ 'ޕީއެންއެފް' އިން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާހެން "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު މައި ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަމަސް ވިދާޅުވުމާ ގުޅިގެން ނެވެ.
މުހުޒާތު "އެމްއެމްޓީވީ" އަށް ވިދާޅުވީ މާޒީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުނަށް ވަރަށް ބޮޑަށް އިހުތިރާމު ކުރައްވާކަމަށާއި ނަމަވެސް ރައީސް ޔާމީނަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ސިޔާސީ ބުރަދަނެއް ހުރި ބޭފުޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެންމެ ބޮޑަށް ދެކޮޅަށް ވާހަކަދައްކާ އެއްބޭފުޅަކީ ކުރީގެ ރައީސް ޔާމީންކަމަށް ވާއިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އަދި މަޖިލީހަށް ހޮވިވަޑައިގެން ތިއްބެވި ކޮންގްރެސް ޕާޓީގެ ގިނަ ބޭފުޅުންވެސް މަގާމު ހޯއްދެވީ ރައީސް ޔާމީނުގެ "ފޮޓޯފުޅު" ދައްކައިގެން ކަމަށް އެމަނިކުފާނު އަންނަނީ ވިދާޅުވަމުން ނެވެ.
މުހުތާޒު ވިދާޅުވީ މި އިންތިހާބުގައި ހުސްގޮނޑިއާ ނުލައި ކޮންްގްރެސް ޕާޓީން 70 އިންސައްތައަށް ވުރެ މަތިން ކައުންސިލުތަކުގެ ގޮނޑިތައް ކާމިޔާބުކުރާނެ ކަމަށެވެ.