ENGLISH
27 މާރިޗު 2026
ފުރަތަމަ ފަހަރަށް އެސްއެމްއީ ޑިޖިޓަލްއަށް މިނިވަން ޑިރެކްޓަރުން އައްޔަންކުރަނީ
27 މާރިޗު 2026
|
ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
އެންމެ މަޤްބޫލު
ފުރަތަމަ ފަހަރަށް އެސްއެމްއީ ޑިޖިޓަލްއަށް މިނިވަން ޑިރެކްޓަރުން ހޯދަން އިއުލާނުކޮށްފިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ބޯޑަށް މިނިވަން 3 ޑިރެކްޓަރުން އައްޔަންކުރުމަށްޓަކައި، އެކަމަށް ޝަރުތުހަމަވާ ތަޖުރިބާކާރު ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު 26 މާރިޗު 2026 އިން ފެށިގެން 05 އޭޕްރީލް 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ކޮންމެ މިނިވަން ޑިރެކްޓަރަކުވެސް އައްޔަނުކުރަނީ، އެސްއެމްއީ ޑިޖިޓަލްގެ އަސާސީ ގަވާއިދާއި ކަމާގުޅޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އައްޔަނުކުރާ ތާރީހުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރާއި 70 އަހަރާއި ދެމެދުގެ މީހަކަށް ވާންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެސްއެމްއީ ޑިޖިޓަލްގައި މިހާރު ތިއްބަވަނީ 7 މެންބަރުންނެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޑިޖިޓަލްކޮށް "އެސްއެމްއީ ޑިޖިޓަލް"ގެ ނަމަށް ރީބްރޭންޑްކުރުމަށްފަހު، އެކުންފުނިން ދެމުން އަންނަ ހިދުމަތުގެ ފެންވަރު މަތިކުރުމާއެކު އައު ހިދުމަތްތައް ތައާރަފް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.