ENGLISH

27 މާރިޗު 2026

Advertisement

ހޯރަފުށްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެނެވޭނީ ސަރުކާރާ އެއްކޮޅު ކައުންސިލެއް ގެނެސްގެން: އާރިފް

27 މާރިޗު 2026

|

އައިޝަތު ޝާލީން

ހއ. ހޯރަފުށި -- ފޮޓޯ: ޕީއެސްއެމް

ހއ. ހޯރަފުށީގެ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި މިކަންކަން ހާސިލުކުރެވޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އިންތިޚާބުކޮށްގެންކަމަށް ހޯރަފުށީ ކޮންގްރެސް ޕާޓީގެ ސްޓިއަރިން ކޮމިޓީގެ ރައީސް އަލީ އާރިފް ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީއިން ހއ. ހޯރަފުށިން ގެނެސްދިން ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ބައިވެރިވެޑައިގެން އާރިފް ވަނީ ހޯރަފުށީ ރައްޔޮތުންނަކީ އަބަދުވެސް އެއިރެއްގައި އޮތް ސަރުކާރަކަށް އެއްބާރުލުންދޭ ރައްޔިތެއް އުޅޭ ރަށެއްކަމަށް ވިދާޅުވެފައެވެ. 

އާރިފް ވަނީ ހޯރަފުށީ ރައްޔިތުން ރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. މިގޮތުން ރައްކާތެރިގޮތުގައި ރަށުގައި އުފެދޭ ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމުކުރުމާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުންފަދަ މުހިންމު ކަންކަން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. 

އާރިފް ވިދާޅުވީ ވޭދުވެދިޔަ އަހަރުތަކުގައި ހޯރަފުށީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންދިޔަނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގައި ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް އަދި މަސައްކަތަށް އެއްވެސް ކުރިއެރުމެއްވެސް އައިސްފައިނުވާކަމަށެވެ. އެހެންކަމުން މިކަން ކުރެވޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް ގެނެސްގެންކަން ރައްޔިތުންވެސް ގަބޫލުކުރާކަމަށް އާރިފް ވިދާޅުވިއެވެ. 

އާރިފްގެ އިތުރުން ހޯރަފުށީ ކައުންސިލްގެ ރައީސްގެ މަގާމަށް ކޮންގްރެސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް އަލީ ވަހީދުވެސް ވަނީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރަށަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ސަރުކާރާ ގުޅޭ ކައުންސިލެއް ނެތްކަމަށްވާނަމަ ރަށަށް ބޭނުންވާ ތަރައްގީ ނުގެވޭނެ ކަމަށާއި، ކުރީ ސަރުކާރުން ކައުންސިލް އަދި މަޖިލިސް މެމްބަރުވެސް ހޮވާފައިވަނީ މިގޮތަށް ކަމަށް ވަހީދު ވިދާޅުވިއެވެ. އިދިކޮޅު ކައުންސިލެއް އޮންނަ ނަމަ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ގިނަ ކަންތައްތަކެއް ކުރާނެކަންވެސް ވަހީދު ފާހަގަކުރެއްވިއެވެ.  

މީގެ އިތުރުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ވަހީދު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ސަރުކާރުންވެސް ޚަރަދު ކުޑަކުރުމަށް ތިން އިންތިޚާބެއް އެއްކޮށްލުމުގެ ވިސްނުން ގެންގުޅުނު ކަމަށެވެ. އެހެންނަމަވެސް މިހާރު އިދިކޮޅުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ހަދާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ކުރީ ސަރުކާރޭ އެއްގޮތަށް މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތަކަމަށް މި ސަރުކާރުން ގަބޫލުކުރާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު