ENGLISH
27 މާރިޗު 2026
އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަސްލަހަތާ ދެކޮޅަށް: ޝަކީލް
27 މާރިޗު 2026
|
އެމްޑީ ޝަކީލް.އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަސްލަހަތާ ދެކޮޅަށް ކަމަށް ވަނީ ވިދާޅުވެފައި. ފޮޓޯ؛ ހައްޖު ކޯޕަރޭޝަން
އެންމެ މަޤްބޫލު
އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަސްލަހަތާ ދެކޮޅަށްކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ މި ގައުމުގައި މީގެ ކުރިން ވެރިކަން ކުރެއްވި ހުރިހާ ވެރިން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ވަކާލާތުކޮށްފައި ވާކަމަށެވެ.
ސަރުކާރާ އިދިކޮޅުގައި ތިބެގެން ސިޔާސީ ޕޯޑިއަމްތަކަށް އަރާ ދެ އިންތިހާބުގެ ރެފަރެންޑަމްއާ ދެކޮޅު ހަދަމުންދަނީ ގައުމާމެދު އެއްވެސް އިހުލާސްތެރިކަމެއް ނެތީމަކަމަށް ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ ސިޔާސީ ފިކުރަށްވުރެ ގައުމު އިސްކުރަންޖެހޭކަމަށާއި ނަމަވެސް މި ހާލަތުގައި ވެސް އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަސްލަހަތާ ދެކޮޅަށް ކަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމަށް ފައިދާ ހުރި ގޮތްކަމަށް ވިދާޅުވެ ގިނަ ސިޔާސީ ބޭފުޅުން އަންނަނީ
މިކަމަށް ތާއީދު ކުރައްވަމުން ނެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން ނެވެ.