ENGLISH
26 މާރިޗު 2026
އިންތިޒާރަށް ނިމުން: ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފަށައިފި
26 މާރިޗު 2026
|
ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފެށުން
އެންމެ މަޤްބޫލު
ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފަށައިފި އެވެ.
ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ އިން މިރޭ ބުނީ ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. ގޯތި ލިބުނު ބައެއް މީހުންނަށް ވަނީ މިއަދު ރަޖިސްޓަރީ ހަވާލުކޮށްފަ އެވެ.
ހުޅުމާލެ ފޭސް ތިނަކުން ކުރީ ސަރުކާރުން ގޯތި ދޫކުރީ ނުވެސް ހިއްކާ ފަޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ބިން ހިއްކުމުގެ މަޝްރޫޢު ހަލުއި ކުރައްވާ ގޯތި ދޫކުރުން އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިހާރު ވަނީ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ވެސް ބާއްވާފަ އެވެ.
އަދި ކުރު މުއްދަތެއްގެ ތެރޭގައި ބިން ހިއްކާ މުޅި މަޝްރޫޢު ވަނީ ނިންމާލާފަ އެވެ. އެގޮތުން 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފަހުން ކުރީ ' ޕްރިންސް ޑަރ ނެދަލޭންޑަން' އަދި 'އޮރަންޖް' ނަމަކަށް ކިޔާ ދެ ޑްރެޖަރުގެ އެހީގަ އެވެ. މި ދެ ޑްރެޖަރުގެ ވެސް ކެޕޭސިޓީއަކީ 22,000 ސީބީއެމް އެވެ. މި މަޝްރޫޢުއަށް މިފަަދަ ބޮޑު ދެ ޑްރެޖަރު ބޭނުން ކުރީ މަޝްރޫޢު ހަލުވި ކުރުމަށެވެ.
މީގެ އިތުރުން ކުރީ ސަރުކާރުން ގޯތިދިން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.