ENGLISH
26 މާރިޗު 2026
ރ. މަޑުއްވަރީ އަދި ހއ. އުތީމު ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
26 މާރިޗު 2026
|
އެންމެ މަޤްބޫލު
ރ. މަޑުއްވަރިއާއި ހއ. އުތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ރ.މަޑުއްވަރީ އުތުރު ބަނދަރު ތަރައްޤީ ކުރުމާއީ ހއ. އުތީމު ބަނދަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗރ ގައި މިއަދު ބޭއްވި ރަސްމިޔާތެއްގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އަހްމަދު ޝަރީފު އަބްދުލް ރަހްމާން ޔޫސުފް އެވެ.
މަޑުއްވަރީ އުތުރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން 11،609 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއި، މިހާރު ހުރި އެއްގަމުތޮށީގެ 308 މީޓަރުގެ ސަރަހައްދެއް ރޫޅާލުމާއި، 308 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 184 މީޓރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 25 މީޓާރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1550 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަސައްކަތް 360 ދުވަސްތެރޭ ނިންމަންޖެހެއެވެ. މަސައްކަތުގެ އަގަކީ 45.78 މިލިއަން ރުފިޔާއެވެ.
ހއ. އުތީމު ބަނދަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ނެރު ފުންކުރުމުގެ އިތުރުން ބޭރުތޮށިލުމާއި، ރިވެޓްމެންޓް ޖެހުމާއި، ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 510 ދުވަސްތެރޭ ނިންމާ ގޮތަށް 88.63 މިލިއަން ރުފިޔާއަށެވެ.